އަންގާރަ 02 ޖޫން 2020
14 ރޯނު
1441 ޝައްވާލް 10
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
އައްޑޫ ސިޓީ

ހުޅުދޫގައި ބޮޑެތި އަނިޔާތަކެއް ކޮށްފައި އޮތް މީހަކު މަގުމަތިން ފެނިއްޖެ

  • އަނިޔާކޮށްފައިވާ މީހާގެ ބޯ ވެސް ވަނީ ފަޅާލާފައި
  • ފުލުހުން ދަނީ މައްސަލަ އިތުރަށް ބަލަމުން

ކ. މާލެ | 5 އޮކްޓޯބަރ 2019 | ހޮނިހިރު 23:11 | 12,308

އައްޑޫ ސިޓީ - ގޫގުލް

އައްޑޫ ސިޓީ ހުޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަގުމަތީ ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އައްޑޫ ސިޓީ ހުޅުދޫގެ މަގުމަތީގައި ބޮޑެތި ޒަޚަމްތަކަކާއެކު މީހަކު ވެއްޓިފައި އޮއްވާ ފެނިގެން ހޮނިހިރު ދުވަހުގެރޭ 19:00 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމީހާގެ ގައިގެ އެކި ތަންތަނުގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތަކެއް ފެންނަން ހުރިކަމަށާއި، އޭނާގެ ބޮލުގައި އެއްޗަކުން ޖަހައި ފަޅާލާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.

އަނިޔާ ލިބުނު މީހާ އަށް އައްޑޫ ސިޓީ ހުޅުދޫގެ ހެލްތް ސެންޓަރުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މާރާމާރީތަކާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެފައިވާ އެ ރަށުގައި ދާދި ފަހުން ވަނީ އުމުރުން ދުވަސްވީ އަންހެނަކަށް ބިރުދައްކާ ފައިސާތަކެއް ވެސް ފޭރިގަނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.