ކ. މާލެ
|
5 އޮކްޓޯބަރ 2019 | ހޮނިހިރު 09:49
މައިކަލް ކަޕްރާލް
މައިކަލް ކަޕްރާލް
ޓްވިޓަރ
މައިކަލް ކަޕްރާލް
ކަޕްރާލް ޖޮގޮލިންގް ގެ ވޯލްޑް ރެކޯޑް ހަދައިފި
 
ކަޕްރާލް އޭނާގެ އަމިއްލަ ރެކޯޑް މުގުރައިލައިފައިވަނީ 10 ކިލޯމީޓަރުގެ ދުވުން 55 މިނެޓާއި 48 ސިކުންތުން ނިންމައިގެން

ޖޮގޮލިންގްގެ ވޯލްޑް ރެކޯޑް ކުރިންވެސް ހަދައިފައިވާ މައިކަލް ކަޕްރާލް ހޮނިހިރު ދުވަހު އޭނާގެ އަމިއްލަ ރެކޯޑް އާ ކޮށްފައިވަނީ އައްޑޫ ސިޓީގައެވެ.

އައްޑޫ ސިޓީގައި ހޮނިހިރު ދުވަހު ކުރިޔަށްދިޔަ "ރަން އިން އައްޑޫ" ހަރަކާތުގައި ކަޕްރާލް އޭނާގެ އަމިއްލަ ރެކޯޑް މުގުރައިލައިފައިވަނީ 10 ކިލޯމީޓަރުގެ ދުވުން 55 މިނެޓާއި 48 ސިކުންތުން ނިންމައިގެންނެވެ.

މީގެ އިތުރުން ކަޕްރާން އަންނަނީ ތިން ބޯޅަ ޖަގަލްކުރަމުން ސިޑި އަކުން އަރާ ފޭބުމުގެ ރެކޯޑް ވެސް މުގުރާލުމަށް ތައްޔާރުވަމުންނެވެ. މި ހަރަކާތް ކުރިޔަށްދާނީ މާލޭގެ ސަލްޓަން ޕާކުގައި ހުންނަ ސިޑިބަރި މަތީގައެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ މި ހަރަކާތްތަކަކީ ރާއްޖޭގެ ފަތުރުވެރިކަން "ސްޕޯޓްސް ޓުއަރިޒަމް ޑެސްޓިނޭޝަން" އެއްގެ ނަމުގައި ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށާއި، މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން "ޕްރޮމޯޓް" ވެގެންދާނެކަމަށެވެ.

ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުޅިވަރު ޑެސްޓިނޭޝަންގެ ގޮތުގައި ކުރި އެރުވުމަށް ޔޫތް މިނިސްޓްރީގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުންދޭނެ ކަމަށާއި މި ކަން ކުރިއެރުވުމަށް ރާއްޖެއަށް ވުރެ ވަކިން ރަނގަޅު ގައުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

މިއީ ރާއްޖޭގައި މި އަހަރު ހެދި ދެވަނަ ރެކޯޑެވެ. ސެޕްޓެމްބަރު މަހު ރާއްޖެއިން ވަނީ ފްރީ ޑައިވިންގް ރެކޯޑް ވެސް ހަދައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް