އަންގާރަ 22 އޮކްޓޯބަރ 2019
05 ހެއި
1441 ސަފަރު 23
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
މަޣްރިބް 17:53
އިޝާ 19:05
ރާއްޖެ - ބިދޭސީން

ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށް، 5 ބިދޭސީން ހައްޔަރުކޮށްފި

  • ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުން

އަލީ ސަމާޚް
AliSamah8

ކ. މާލެ 5 އޮކްޓޯބަރ 2019 | ހޮނިހިރު 04:31 5,059

ފުލުހުން ބިދޭސީ މީހާ ސަލަމަތްކުރުމަށް ހަރަކާތްތެރިވަނީ - ޕޮލިސް

ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށް، އެކަން ކުރި ފަސް ބިދޭސީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުރި ބިދޭސީން ދިރިއުޅޭ ތަނެއްގެ ތިން ވަނަ ފަންގިފިލާގައި ބިދޭސީއަކު ރަހީނުކުރިކަމުގެ ރިޕޯޓް ލިބިގެން އެތަނަށް ގޮސް އެމީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފަސް ބިދޭސީއަކު ހައްޔަރުކޮށް މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލާގައި ހިމެނެނީ ބަންގްލަދޭޝް މީހުންނެވެ.

ބިދޭސީއަކު ހައްޔަރު ކޮށްފައިވާއިރު، ދާދި ފަހުން ބިދޭސިއަކު ރަހީނުކުރިކަމުގެ އަޑުވަނީ ފެތުރިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް