ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 23:20
އަނދިރިކަން ފިލްމުގެ ޕޯސްޓަރެއް
އަނދިރިކަން ފިލްމުގެ ޕޯސްޓަރެއް
ފޭސްބުކް
އަނދިރިކަން
"އަނދިރިކަން" މަންޒަރުތައް ނަގަން ކްރޫއާއި ތަރިން ދަނގެތީގައި!
 
ފިލްމުގެ މަންޒަރުތައް ނަގަނީ މަޑުއްވަރީ، ދަނގެތި އަދި ވިލިމާލޭގައި
 
"އަނދިރިކަން" ގައި ޖުމްލަ ތިން ލަވަ ހިމެނޭ

އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "އަނދިރިކަން" ގެ ބައެއް މަންޒަރުތަކާއި ލަވަ އެއް ނެގުމަށް ކާސްޓާއި ކުރޫ އދ. ދަނގެއްޗަށް ގޮސްފިއެވެ.

އެސް ޕްރޮޑަކްޝަން އާއި މާސްކޭ ސްޓޫޑިއޯގެ ފަރާތުން ހަދާ އެ ފިލްމުގެ ބޮޑު ބައި މިހާރު ވަނީ މ.މަޑުއްވަރީގައި ނަގައި ނިންމާފައެވެ. ފިލްމުގެ ޓީމު ދަނގެއްޗަށް ގޮސްފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހުއެވެ.

ދަނގެތީގައި ހުރެ ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން ބުނީ، އެރަށުގެ ޝޫޓިންގައި ތިން ވަރަކަށް ދުވަސް ވާނެ ކަމަށާއި އެއަށްފަހު ދެން ޝޫޓް ކުރާނީ ވިލިގިލީގައި ކަމަށެވެ.

ސީޒަން ބުނީ، ކާސްޓާއި ޝޫޓް ކުރަން ދާ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލޯތްބާއި އެއްބާރުލުން ވަރަށް ފުރިހަމަޔަށް ލިބޭ ކަމަށެވެ.

" މަޑުއްވަރީގެ ޒުވާން ޖީލު ނަމަކަށް ކިޔާ ޖަމިއްޔާއެއްގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން ބޭނުން.. އެމީހުންނާއި ކާސްޓުންގެ ހިތްވަރުން އަސްލު އެހާ ފުރިހަމަޔަށް މަސައްކަތްތައް ނިމިގެން އެ ދަނީ،" ސީޒަން ބުންޏެވެ.

ޖުމްލަ ތިން ލަވަ ހިމެނޭ "އަނދިރިކަން" ފިލްމާ ބެހޭގޮތުން ސީޒަން ބުނީ، ޝޫޓް ކޮށްފައިވާ ގިނަ މަންޒަރުތަކުގެ އެޑިޓިން ނިމި މިހާރު ކުރިޔަށްދަނީ ޑަބިންގެ މަސައްކަތް ކަމަށެވެ. އަދި ބެކް މިއުޒިކްގެ މަސައްކަތް ވެސް ބޮޑުބައި ނިމިފައިވާކަން އޭނާ ފާހަގަކުރިއެވެ.

އަހުމަދު ޒަރީރުގެ ސްކްރީން ޕްލޭ އަކަށް ހަދާ އެ ފިލްމަކީ އާއިލީ ޑްރާމާއެކެވެ. ފިލްމުގެ ބައެއް ޕޯސްޓަރުތަކާއި ޓީޒާރތައް ވަނީ "އަނދިރިކަން" ރަސްމީ ފޭސްބުކް ޕޭޖަށް އާންމުކޮށްފައެވެ.

"އަނދިރިކަން" ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބާއި ސީޒަން އެވެ. އޭގެ އިތުރުން ފިލްމުގެ މުހިއްމު ރޯލުތަކުން ޒީނަތު އައްބާހާއި، މަރިޔަމް ޝަކީލާގެ އިތުރުން އަހުމަދު ސައީދާއި ދަރާ ރަޝީދު ފަދަ ކުޅަދާނަ ފަންނާނުން ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި