ހުކުރު 10 އޭޕުރިލް 2020
03 އައްސިދަ
1441 ޝައުބާން 17
ފަތިސް 04:49
އިރުއަރާ 06:00
މެންދުރު 12:11
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - ޕެޓްރޯ އޮލެކްޝިއޮވިޗް ޕްރޮޝެންކޯ

ރާއްޖެއަށް ކުރި ދަތުރުގެ މައްސަލައިގެ ތަހުގީގަށް ޕޮރްޝެންކޯ ހާޒިރެއް ނުވި

  • ޗުއްޓީ ހޭދަކުރައްވާފައިވަނީ ރަންދެލި ރިސޯޓުގައި
  • ރެއަކަށް 46 ހާސް ޑޮލަރު ދެއްކި: ރިޕޯޓްތައް
  • ހާޒިރުވެވަޑައިގަނުގަތް ސަބަބު ހާމައެއް ނުކުރޭ

އަލީ ސަމާޚް
AliSamah8

ކ. މާލެ | 5 އޮކްޓޯބަރ 2019 | ހޮނިހިރު 04:41 | 9,736

ރާއްޖެއަށް ވަޑައިގެންފައިވަނީ މި އަހަރު ޖެނުއަރީ މަހު - ފޭސްބުކް

ޔޫކްރެއިންގެ ކުރީގެ ރައީސް ޕެޓްރޯ އޮލެކްޝިއޮވިޗް ޕްރޮޝެންކޯ ރާއްޖެގައި ހޭދަކުރެއްވި ''ވަގު'' ޗުއްޓީގެ މައްސަލަ ތަހުގީގު ކުރާ ސްޓޭޓް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެސްބީއައި) އަށް ހާޒިރުވާން އެންގުމުން އެމަނިކުފާނު ހާޒިރުވެ ވަޑައިނުގަތެވެ.

ޔޫކްރެއިންގެ ސްޓޭޓް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެސްބީއައި) އިން ބަލަނީ، ފޭކް ޑޮކިއުމެންޓްސްތަކެއް ބޭނުންކޮށްގެން ގައުމުން ބޭރަށް ޕްރޮޝެންކޯ ވަޑައިގަތް މައްސަލައެވެ. ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ އަހަރު ޖެނުއަރީ މަހުގެ ދޭކުން އަށަކަށް ޕްރޮޝެންކޯ ރާއްޖޭގެ ރިސޯޓެއްގައި އާއިލާގެ މެމްބަރުންނާއެކު ވަނީ ޗުއްޓީ ހޭދަކުރައްވާފައެވެ. ނަން އޮޅުވާލައިގެން އެ އާއިލާ މީހުން ރާއްޖެ އައިސްފައި ވަނީ ޕްރައިވެޓް ޖެޓެއްގައެވެ.

އެ މައްސަލާއިގެ ތަހުގީގަށް އެސްބީއައިއަށް ވަޑައިގަތުމަށް އެމަނިކުފާނަށް ޗިޓު ފޮނުވާފައިވަނީ ބުރާސްފަތި ދުވަހު ހެނދުނު އެގައުމުގެ ގަޑިން 10:00 ޖަހާއިރު ކަމަށް އެ އެޖެންސީގެ ސެކެރެޓަރީ، އަންޒެލިކާ އިވަނޯވާ ވަނީ ވިދާޅުވެފައެވެ. ޕްރޮޝެންކޯ ހާޒިރުވެ ވަޑައިނުގެންނެވި ސަބަބު ބަޔާންކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެސްއައިބީ ގަސްދުގައި ކުރާ ކަމެއް ކަމަށް އެމަނިކުފާނުގެ ފަރާތުން ވަނީ ތުހުމަތު ކޮށްފައެވެ.

ޔޫކްރެއިންގެ ނޫހެއްފައި ޕްރޮޝެންކޯ ރާއްޖެގައި ހޭދަކުރެއްވި މައުލޫމާތު ހާމަކޮށްފައި

މަހުޖަނެއް ކަމަށްވާ ޕްރޮޝެންކޯ 10 މީހުންނާ އެކު ރާއްޖޭގައި ހޭދަކުރެއްވި ހަތް ރޭގެ ޗުއްޓީ އަށް ފަސް ލައްކަ ޑޮލަރު ހޭދަ ކުރައްވާފައިވެއެވެ. ޕްރެޝެންކޯގެ އިތުރުން އާއިލާގެ މެމްބަރުން ޔޫކްރެއިންގެ ބޯޑަރާ ކަސްޓަމްސް އިން އެއްވެސް ވަރަަކަށް ޗެކް ކޮށްފައިނުވާ ކަމަށް އެ މައްސަލަ ބެލި ބެލިމުން ފާހަގަވެފައިވާ ކަމަށް ޔޫކްރެއިންގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ރެއަކަށް 46 ހާސް ޑޮލަރު ދައްކައިގެން ޝެވެލް ބްލަންކް ރަންދެލީ ރިސޯޓަށް ޕްރެޝެންކޯ ޗެކިން ވެވަޑައިގެންފައިވަނީ ''ޕެޓްރޯ އިންކޮގްނިޓޯ'' ގެ ނަމުގަ އެވެ. މީގެ ކުރިން ޕްރެޝެންކޯގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނު އެއްވެސް ވަރަކަށް ޗުއްޓީ ނުނަންގަވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.