ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ޖަފްނާ އެއަރޕޯޓް

ލަންކާގެ ޖަފްނާއިން މިމަހު ރާއްޖެއާއި އިންޑިއާގެ ބައެއް ސިޓީތަކައް ސީދާ ފްލައިޓްތައް ފަށަނީ!

  • ސީދާ ފްލައިޓްތައް ބާއްވާ އިންޑިއާގެ ސިޓީތަކުގެ ތެރޭގައި މަދުރާއީއާއި ތްރިވަނަންތަޕޫރަމް ހިމެނޭ
  • ޖަފްނާ އެއަރޕޯޓް ބައިނަލް އަޤުވާމީ ވައިގެ ބަނދަރެއްކަން ރަސްމީކޮށް އިޢުލާން ކުރާނީ މިމަހުގެ 17 ވަނަ ދުވަހު

ކ. މާލެ | 4 އޮކްޓޯބަރ 2019 | ހުކުރު 23:35 | 13,081

ލަންކާގެ ޕަލާލެއި ޑޮމެސްޓިކް މިލިޓަރީ އެއަރޕޯޓް - ޓްރިބިއުން

ތަމަޅައިންގެ އާބާދީ ބޮޑު ސްރީލަންކާގެ އުތުރު ޖަފްނާ ސިޓީގައި މިހާރު އޮޕަރޭޓްކުރަމުންދާ މަދަނީ އަސްކަރީ އެއަރޕޯޓް ބައިނަލް އަޤުވާމީ ވައިގެ ބަނދަރަކަށް ބަދަލުކޮށް ރާއްޖެއާއި އިންޑިއާގެ ބައެއް ސިޓީތަކައް ސީދާ ދަތުރުތައް ފަށަން ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.

ސްރީލަންކާގެ އޭވިއޭޝަން މިނިސްޓަރ އަރްޖުނާ ރަނަތުންގާއާ ޙަވާލާދީ ސްރީލަންކާ ނޫސްތައް ބުނާ ގޮތުން ޕަލާލޭއި އެއަޕޯރޓް ބައިނަލް އަޤުވާމީ ވައިގެ ބަދަރަކަށް ބަދަލުކޮށް ދަތުރުފަތުރު ފަށަން އެޤައުމުގެ ކެބިނެޓުން މިހާރުވަނީ ފާސްކޮށްފައެވެ. މިދިޔަ ޖުލައިމަހުން ފެށިގެން އެއަރޕޯޓް މަރާމާތުކޮށް، ބައިނަލް އަޤުވާމީ މިންގަޑަށް ފެތޭގޮތައް ތަރައްޤީކޮށް، އުދުހުންތަކައް ބޭނުންވާ އެންމެ ފަހުގެ މަރުޙަލާގެ މަސައްކަތްތައް މިހާރު ދަނީ ނިންމަމުންނެވެ.

ސްރީލަންކާގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް އޭވިއޭޝަނުން އިއްޔެ ހާމަކުރި ގޮތުގައި ފުރަތަމަ މަރުޙަލާގައި ދަތުރުތައް ފަށާނީ އިންޑިއާގެ ދެކުނުގެ ތިން ސިޓީއަށާއި ރާއްޖެއަށެވެ. އެގޮތުން އިންޑިއާގެ މަދުރާއީއާއި، ޓްރިޗީއާއި ތްރިވަނަންތަޕޫރަމަށް މިމަހުގެ 15 ވަނަ ދުވަހު ދަތުރުތައް ފަށާނެއެވެ. ރާއްޖެއަށްވެސް ރަސްމީކޮށް ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މި ސިޓީތަކަށް 15 ވަނަ ދުވަހު ސީދާ ދަތުރުތައް ފެށިނަމަވެސް، ޕަލާލޭއި އެއަރޕޯޓް ބައިނަލް އަޤުވާމީ ވައިގެ ބަނދަރެއްގެގޮތުގައި ރަސްމީގޮތުން އިޢުލާންކުރާނީ މިމަހުގެ 17 ވަނަ ދުވަހެވެ.

ޕަލާލޭއި އެއަރޕޯޓް ބައިނަލްއަޤުވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރާއިރު "ޖަފްނާ އިންޓަރނޭޝަނަލް އެއަރޕޯޓް"އަށް ނަން ބަދަލުކުރެއެވެ. މި އެއަރޕޯޓް ތަރައްޤީ ކުރުމަށް ޖުމްލާ 2،250 މިލިއަން ޚަރަދުވާއިރު މީގެތެރެއިން 1،950 ޚަރަދު ކުރަނީ ސްރީލަންކާގެ ދައުލަތުގެ ބަޖެޓުންނެވެ. ބާކީ 300 މިލިއަން ރުޕީސް އިންޑިއާއިން ހިލޭ އެހީގެގޮތުގައި ލިބިފައިވާކަމަށް ސްރީލަންކާގެ އޭވިއޭޝަން މިނިސްޓްރީން ބުނެއެވެ. ސްރީލަންކާ އޮފިޝަލުން ބުނާ ގޮތުގައި، އިންޑިއާއިން މިހާ ދީލަތި އެހީއެއް އެއަރޕޯޓް ތަރައްޤީކުރަން ދިނީ އިންޑިއާގެ ދެކުނު ސިޓީތަކާއި ޖަފްނާއާއި ކައިރިވެފައި، ސީދާ ފްލައިޓްތައް ފެށުމުން ދަތުރުތަކުގެ އަގު ހެޔޮވުމުގެ އިތުރަށް ދަތުރުގައި ހޭދަކުރާ ވަގުތު މަދުވުމުން ތަމަޅައިންނަށް އޭގެ ފައިދާ ލިބޭތީއެވެ.

ޖަފްނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ސްރީލަންކާގައި ތަރައްޤީކުރާ ބައިނަލް އަޤުވާމީ 5 ވަނަ ވައިގެ ބަދަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.