ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 22:22
ގޮތެއް ނިންމާނީ ހޮނިހިރު ދުވަހު
ގޮތެއް ނިންމާނީ ހޮނިހިރު ދުވަހު
އަލްޖަޒީރާ
އިރާން - ރަޝިޔާ
ރަޝިޔާގެ ނޫސްވެރިއަކު އިރާނުން ހައްޔަރުކޮށްފި
 
ގޮތެއް ނިންމާނީ ހޮނިހިރު ދުވަހު
 
އިޒްރޭލްގެ ސިފައިންގޭގައި މަސައްކަތް ކުރާ މީހެއް ކަމަށް ވަނީ ތުހުމަތު ކުރެވިފައި
 
ހައްޔަރު ކޮށްފައިވަނީ ހޮޓަލުން

ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އިރާނުގެ ވެރިރަށް ތެހެރާނުން، ރަޝިޔާގެ ނޫސްވެރިޔާ ޔޫލިއާ ޔުޒިކް ހައްޔަރު ކޮށްފައިވާ ކަމަށް ތެހެރާން ގައި ހުންނަ ރަޝިޔާ އެމްބަސީން ބުނެފިއެވެ.

އެމްބަސީގެ ތަރުޖަމާނު އަންދްރެއިން ގަނެންކޯ ވިދާޅުވީ، އަމިއްލަ ދަތުރެއްގައި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އިރާނަަށް ދިޔަ ޔުޒިކް ހޮޓަލުގައި ހުއްޓާ ބުރާސްފަތި ހައްޔަރު ކޮށްފައިވާ ކަމަށެވެ. ގަނެންކޯ ވިދާޅުވީ، އޭނާ ހައްޔަރު ކުރިކަން އެމްބަސީ އަށް އެނގުނީ އާއިލާ މެދުވެރިކޮށް ކަމަށެވެ.

ޔުޒިކްގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އިޒްރޭލްގެ ސެކިއުރިޓީ ގައި މަސައްކަތް ކުރާ ކަމުގެ ތުހުމަތުކަށް އޭނާގެ މަންމަ ބުނެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ރަޝިޔާގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ބުނީ، އެ ހާދިސާއާ ގުޅިގެން އިރާނުގެ އެންވޯއި މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ޔުޒިކްގެ ކުރީގެ ފިރިމީހާ ނޫސްވެރިޔާ ބޮރިސްއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ޔުޒިކް ހައްޔަރު ކޮށްފައިވަނީ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޮޕްސް (އައިއާރްޖީސީ) ގެ މެމްބަރުން އޭނާ ހުންނަ ހޮޓަލަށް ވަދެ ދޮރު ހަލާކު ކޮށްލައިގެންނެވެ.

އުމުރުން 38 އަހަރުގެ ޔުޒިކްއާ އެއްކޮޅަށް އިރާނު ކޯޓުގައި ވަކާލާތު ކޮށްދޭން ވަކީލަކު ނެތްއިރު، ޔުޒިކް ދޫކޮށްލާނީތޯ ނުވަތަ އޭނަ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާނީތޯ ހޮނިހިރު ދުވަހު ނިންމާނެ ކަމަށް އޭނާގެ ކުރީގެ ފިރިމީހާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ، ޔުޒިކް އަތުގައި އިޒްރޭލްގެ ރަށްވެހިކަން ނުވަތަ ވިސާ ނޯންނާނެ ކަމަށާއި، އޭނާ އެންމެ ފަހުން އިޒްރޭލަށް ދަތުރުކޮށްފައިވަނީ 15 ނޫނީ 17 އަހަަރު ކުރިން ރަޝިޔާގެ ''ކޮމްސޮމޮލްސްކަޔާ'' ނޫހުގެ ފަރާތުން އިޒްރޭލް ސިފައިންނާއި ބެހޭ ގޮތުން ރިޕޯޓެއް ތައްޔާރުކުރުމަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
50%
0%
50%
ކޮމެންޓް