ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 18:23
އާސެނަލްގެ ކޯޗު އެމެރީ (ކ) އަދި އޮޒިލް (ވ)
އާސެނަލްގެ ކޯޗު އެމެރީ (ކ) އަދި އޮޒިލް (ވ)
ގެޓީ އިމޭޖަސް
އޮޒިލް
ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނަން، ތަފާތު ފެނޭ: އެމެރީ
 
އާސެނަލްއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޮޒިލްއަށް ފުރުސަތު ދީފައެއް ނުވޭ

ޔޫއެފާ ޔޫރަޕާ ލީގުގައި ލީޖްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އެމެރީ ބުނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންޖެހޭ ވަގުތު އައިސްފައިވާ ކަމަށާއި، އެ ކުޅުންތެރިންގެ ފަރާތުން ތަފާތު ފެންނާނެ ކަމަށެވެ.

ޔޫރަޕާ ލީގުގައި ލިއޭގްގެ މައްޗަށް އާސެނަލުންކުރި ހޯދީ 4-0 ގެ ނަތީޖާ އަކުންނެވެ.

އެމެރީ މިހެން ބުނި އިރު އެންމެ ފަހުން ކުޅުނު ދެ މެޗުގައި އާސެނަލްގެ މިޑްފިލްޑަރ މެސުތު އޮޒިލްއަށް ޓީމުން ޖާގައެއް ދީފައެއް ނުވެއެވެ.

އެމެރީ ބުނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި އެކުޅުންތެރިނަށް ފުރުސަތު ދޭ ކޮންމެ ފަހަރަކު ޓީމުން ތަފާތު ފެންނަކަމަށެވެ.

މީގެ އިތުރުން އެމެރީ ބުނީ އޮޒިލްއަށް ޓީމުން ޖާގަ ނުދެނީ އޮޒިލްއަށް ވުރެ ދެންތިބި ކުޅުންތެރިންނަށް ފުރުސަތު ދިނުން ހައްގު ކަމަށް ފެންނާތީ ކަމަށެވެ. އަދި އޮޒިލްއަށް ޓީމުން ޖާގަ ދިނުމާއި ދޭތެރޭ ގޮތެއް ނިންމާނީ ހުކުރު ދުވަހު އޮންނަ ފަރިތަކުރުންތަކުގައި ކަމަށާއި އޭނާ އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެމެރީ ބުނީ އޮޒިލް އަކީ ހުނަރުވެރި މުހިންމު ކުޅުންތެރިއެއް ކަމަށާއި މިވަގުތު އޭނާ ހުރީ އެންމެ ރަނގަޅު ފޯމެއްގައި ނޫން ކަމަށެވެ. އަދި އޭނާގެ ފޯމު ރަނގަޅު ވީ އިރަކުން ޓީމުން ޖާގަ ދޭނެކަމަށްވެސް އެމެރީ ވަނީ ބުނެފައެވެ.

ޝާލްކޭ އިން 2006 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި އޮޒިލް ވަނީ ވާޑަބްރޭމަން އަދި ރެއާލް މެޑްރިޑަށް ވެސް ކުޅެފައެވެ. އޭނާ އާސެނަލް އަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ.

އޮޒިލް ވަނީ އާސެނަލްއަށް މިހާތަނަށް ކުޅުނު 226 މެޗުގައި 43 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމާއެކު ތިން އެފްއޭ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

ރެއާލް މެޑްރިޑާއެކު ލަލީގާ އާއި ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާ އޮޒިލް ވަނީ ރެއާލްގައި ހޭދަކުރި ހަތަރު ސީޒަނުގައި އެޓީމަށް ކުޅުނު 159 މެޗުގައި 27 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޖަރުމަން ގައުމީ ޓީމަށް ކުޅުނު 92 މެޗުގައި 23 ލަނޑު ކާމިޔާބު ކޮށްފައިވާ އޮޒިލް ވަނީ އެޓީމާއެކު 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން 2009 ވަނަ އަހަރު 21 އަހަރުން ދަށުގެ ޔޫރޯ ވެސް ކާމިޔާބު ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
100%
0%
0%
0%
0%
ކޮމެންޓް