ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ދުނިޔެ - އިންޑިއާގެ ތެލުގެ ފުދުންތެރިކަން

ރަޝިޔާގެ އެހީގައި ބޭރުގެ ތެލަށް އިންޑިއާ ބަރޯސާވާ މިންވަރު ކުޑަކުރެވިދާނެ

  • ހަކަތައިގެ ދާއިރާއިން މިދިޔަ މަހު، އިންޑިއާއާއި ރަޝިޔާއާ ދެމެދު ގިނަ ޢަދަދެއްގެ އެއްބަސްވުންތަކެއް އިޢުލާން ކުރި
  • ތިންވަނައަށް އެންމެ ގިނައިން ތެޔޮ އިމްޕޯޓު ކުރަނީ އިންޑިއާއިން، ރަޝިއާގެ އެހީގައި މިއަދަދު ކުޑަ ކުރެވިދާނެ
  • ތެލަށް ކުރާ ޚަރަދު ކުޑަކުރެވިއްޖެނަމަ އިންޑިއާގެ މާލިއްޔާތަށްވެސް ބޮޑު ލުޔެއް ލިބޭނެ

ޒިހްނަތު ހަސަން
ziyo_mv

ކ. މާލެ 4 އޮކްޓޯބަރ 2019 | ހުކުރު 17:21 2,780

އިންޑިއާގެ ހަކަތައާ ބެހޭ މިނިސްޓަރ ދަރްމެންދްރަ ޕްރަދާން - ޓައިމްސް އޮފް އިންޑިއާ

ދުނިޔޭގެ ނިޞްބަތުން ބަލާއިރު އިންޑިއާއަކީ، ތިންވަނައަށް އެންމެ ގިނައިން ތެޔޮ ބޭނުން ކުރާ އަދި ތެޔޮ އެތެރެކުރާ ޤައުމެވެ. އިންޑިއާއިން މިހާރު ކުރަމުންދާ މަސައްކަތަކީ ތެޔޮ އޮކްސްޕޯޓް ކުރާ މިންވަރު މަދުކޮށް ދައުލަތުން ތެލަށް ކުރާ ޚަރަދު ކުޑަކުރުމެވެ. މިކަމަށް މަގުފަހި ކުރުމުގެ ގޮތުން އިންޑިއާއަށް ތެޔޮ އެތެރެކުރާ ޤައުމުތަކާއި ކުންފުނިތަކާއެކު އިންޑިއާއިން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމުގައި އިންޑިއާއަށް އެންމެ ބޮޑަށް އެހީތެރިވާނީ ރަޝިއާއިން ކަން ހަކަތައިގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މީޑިއާއަށް ތިލަ ކުރި ޚަބަރުތަކުން އިގެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ކުރިޔަށްދާ " ވާރލްޑް އިކޮނޮމިކް ފޯރަމް" ގައި އިންޑިއާގެ ވެރިން ،ވަކިން ޚާއްޞަކޮށް ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި ހަކަތައާއި ބެހޭ ވަޒީރު ދަރްމެންދްރަ ޕްރަދާން ދެއްކެވި ވާހަކަފުޅުން އިންޑިއާއިން ތެލަށް ކުރާ ޚަރަދާއި ތެޔޮ ބޭނުން ކުރާ މިންވަރު ދަށްކުރަން ކުރަމުންދާ މަސައްކަތް ހާމަވެއެވެ.

އަހަރުމެން ބޭނުންވަނީ އިންޑިއާއިން ތެލަށް ބަރޯސާވާ މިންވަރު ދަށްކުރަން. މިކަމުގައި ރަޝިއާއާއެކު ވާހަކަ ދައްކަމުން މިދަނީ. ރަޝިއާގެ އެހީތެރިކަމާއެކު އަހަރުމެންގެ އުންމީދަށް ވާޞިލުވެވިދާނެކަމަށް ބެލެވޭ. ރަޝިޔާއަކީ މިކަމުގަ މުހިންމު ބައިވެރިއެއް

~ ވާރލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި އިންޑިއާގެ މީޑިއާއަށް މަޢުލޫމާތު ދެެއްވަމުން އިންޑިއާގެ ހަކަތައާއި ބެހޭ މިނިސްޓަރ ދަރްމެންދްރަ ޕްރަދާން ވިދާޅުވިއެވެ.

އިންޑިއާ އިން ބޭނުންކުރާ ތެލުގެ ޢަދަދުގެ 80 އިން ސައްތަ ތެޔޮ މިހާރުވެސް ދުނިޔޭގެ އެހެން ޤައުމުތަކުންނެވެ. ބޮޑު ވަޒީރު ނަރެންދްރ މޯދީގެ ޢަމާޒަކީ 2022 ވަނަ އަހަރު އަންނަންވާއިރަށް މިޢަދަދު 67 އިންސައްތަ އަށް ދަށްކުރުމެވެ. އަދި އެޤައުމުގައި ޤުދުރަތީ ގޭސް އުފައްދާ މިންވަރު 6 އިން 15 އިން ސައްތަށް މަތި ކުރުންވެސް އެއީ މޯދީގެ އަމާޒެކެވެ.

އިންޑިއާއިން ދެކޭގޮތުގައި އިންޑިއާއަކީ ހަކަތައިގެ ދާއިރާއިން ފުދުންތެރި، އަދި ޤައުމަށް ބޭނުންވާ މިންވަރަށް ހަކަތަ އުފެއްދުމުގެ ޤާބިލު ޤައުމަކަށް ވެވޭނީ މި ދާއިރާގެ ބައިވެރިންނާއެކު ހަކަތައާއި ވިޔަފާރީގެ ދާއިރާއިން މުހިންމު މުޢާމަލާތްތަކެއް ކުރެވި އެއްބަސްވުންތަކަކައް އާދެވިގެންނެވެ. އެގޮތުން ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިންއާއެކު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ މިދިޔަ މަހު މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ.

މަޝްވަރާއަށްފަހު އެއްބަސްވީ ކަންތައްތަކުގެ ތެރޭގައި، އިންޑިއާގެ ޕެޓްރޯނެޓް ކުންފުނިން ބޭރުން ގަންނަންޖެހޭ ތެޔޮ ރަޝިޔާގެ ނޮވަޓެކް ކުންފުނިންގަތުމާއެކު، ރަޝިޔާގެ ތެޔޮ އުފައްދާ ބައެއް ކުންފުނިތަކުން މުސްތަޤުބަލުގައި ފަށަން ޤަސްދުކުރާ ބައެއް މަޝްރޫޢު ތަކަށް އިންޑިއާއިން އިސްވެސްޓްކުރުން ހިމެނެއެވެ. މީގެ އިތުރުން ކޯލް އިންޑިއާ ކުންފުނިން ތެޔޮ އުފައްދަން ބޭނުންކުރާ ދެލި ރަޝިޔާގައި އެންދުން ނުވަތަ މައިން ކުރުމަށް ރަޝިޔާ ސަރުކާރާއެކުވީ މުހިންމު އެއްބަސްވުން ފާހަގަކުރެވެއެވެ. މިހުރިހައި އެއްބަސްވުންތަކަކީވެސް ދިގު މުއްދަތަކައް ކޮށްފައިވާ އެއްބަސްވުންތައްކަން ފާހަގަކުރެވެއެވެ.

މިއެއްބަސްވުންތަކުން ފައިދާވަނީ އިންޑިއާއަށް އެކަންޏެއް ނޫނެވެ. ދެޤައުމަށްވެސް މީގެ މަންފާ އެބައޮތެވެ. ދެޤައުމުގެ ވިޔަފާރިއާއި ިއންވެސްޓްމެންޓާއި ގުޅޭ މުޙައްލިލުން އަންދާޒާކުރާ ގޮތުގައި، ދޭދޭ ވިޔަފާރީގެ ނިޞްބަތް 2025 އަންނަންވާއިރަށް 30 ބިލިއަނަށް އެރުވުމަށް ދެޤައުމުން ކަނޑައަޅާފައިވާ އަމާޒަށް މީގެ ސަބަބުން ވާޞިލުކުރެވޭނެއެވެ.

އިންޑިއާއާއި ރަޝިޔާގެ ދޭދޭ ވިޔަފާރިއާއި އިންވެސްޓްމެންޓްތަކުގެ އަދަދަކީ އެގާރަ ބިލިއަން އިންޑިއަން ރުޕީސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް