ބުރާސްފަތި 22 އޮކްޓޯބަރ 2020
05 ހެއި
1442 ރަބީއުލް އައްވަލް 05
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
އިރުއޮއްސޭ 17:53
އިޝާ 19:05
ޚުތުބާ

އަހުލާގީ ރިވެތި ސިފަތަކެއް ނެތްނަމަ އެބަޔަކީ ކުރިއަރާފައިވާ ބައެއް ނޫން: ޚުތުބާ

  • މުސްލިމުންނަކީ އެންމެ މަތިވެރި ސަގާފަތުގެ އަހުލުވެރިން
  • ބަސްމޮށުންތެރިކަމުގައި ވެސް މަޑުމައިތިރިކަން އިސްކުރަންޖެހޭ

ކ. މާލެ | 4 އޮކްޓޯބަރ 2019 | ހުކުރު 13:10 | 5,658

އިސްލާމީ މަރުކަޒު - މޯލްޑިވްސް އިންޑިޕެންޑެންޓް

އަހުލާގީ ރިވެތި ސިފަތަކެއް ނެތް ނަމަ އެބަޔަކީ ކުރިއަރާފައިވާ ބައެއް ކަމަށް ނުބެލެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އިސްލާމް ދީނަކީ ރިވެތި އަހުލާގުގެ ދީން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ރިވެތި އަހުލާގުން ރައްޔިތުން ޒީނަތްތެރިވެފައި ވުމަކީ ސަގާފީ ގޮތުން ގައުމެއް ކުރިއަރާފައިވާކަމުގެ އެންމެ ފުރިހަމަ ނިޝާން ކަމަށާއި، މުސްލިމުންނަކީ އެންމެ މަތިވެރި ސަގާފަތުގެ އަހުލުވެރިން ކަމަށެވެ.

ޚުތުބާގައި ބުނީ އެރީތިކަމަކީ މުސްލިމުންގެ ހަޔާތުގައި ހުރިހާ ދާއިރާ އަކަށް ފެތުރިފައިވާން ޖެހޭނެ ރީތިކަމެއް ކަމަށެވެ. ނަމަވެސް މިއަދު އެކަން އޮތީ އެ ގޮތަކަށް ނޫން ކަމަށެވެ.

ޚުތުބާގައި ބުނީ މިއަދު މާއްދީ ގޮތުން މުސްލިމުން ވެސް ތިބީ ކުރީގައި ކަމަށާއި، މުސްލިމުން މާއްދީ ގޮތުން ކުރިއެރި ނަމަވެސް ސިއްހީ ރޮނގުންނާއި، ޓެކްނޮލޮޖީ އާއި ތައުލީމީ ރޮނގުން ކުރިއެރިނަމަވެސް އިގްތިސޯދާއި، ކުޅިވަރާއި، ހެވިކަމުގައި ކުރިއެރިނަމަވެސް އިޖުތިމާއީ ފަންނުތަކާއި، ހުނަރުތަކުން ކުރި އެރިނަމަވެސް އަހްލާގީ ރިވެތި ސިފަތަކެއް ނެތްނަމަ އެބަޔަކީ ކުރިއަރާފައިވާ ބައެއް ކަމަކަށް ނުބެލެވޭނެ ކަމަށެވެ. އަދި މުސްލިމުންގެ ފަހުރުވެރި މާޒީގައި މުސްލިމް އުއްމަތް ފައިދާހުރި އިލްމާއި، ފަންނާއި ހުނަރުތަކުގައި ކުރި އަރައި ދިޔަ ފަދައިން އަހުލާގީ ގޮތުން ވެސް ކުރި ހޯދި ކަމަށެވެ. އަދި މިއަދު ވެސް އެގޮތަށް މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އިސްލާމް ދީނަކީ އެންމެ މާތް ދީންކަމުގައި ވީއިރު އިސްލާމީ ބައެއް މުޖުމަތައުތަކުން މިއަދު މިފެންނަ އަހްލާގީ މިންގަނޑުން ދަށް ނޭދެވޭ ސިފަތަކަކީ އެމާތް ދީނާ މެދު އެހެން މީހުންގެ ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހި ކުރުވަފާނޭ ކަމެއް ކަމަށެވެ. އިސްލާމް ދީނަކީ ހުރިހާ މުއާމަލާތެއް ގައި ވެސް ރިވެތި އަހުލާގު އިސް ކުރުމަށް އަންގަވާފައިވާ ދީން ކަމަށެވެ.

ފިރުއައުނު ގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ.! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނައަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ.! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެރިވޭތޯ އެކަމުގެ އުންމީދުގައެވެ.

~ މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ

ޚުތުބާގައި ބުނީ ބަސްމޮށުމުގައި ވެސް ތިމާ އެމީހަކާ މުހާތަބުކޮށް ވާހަކަ ދައްކާ މީހަކީ ކިތަންމެ ނުބައި މީހަކު ކަމުގައި ވީނަމަވެސް އިސްލާމްދީނުގައި އަންގަވަނީ މަޑުމައިތިރިކަމާ އެކު ރިވެތި ބަހުން ބަސްބުނުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.