ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 18:27
އިންޑިއާ މޯލްޑިވްަސް ޓެސްޓް ސީރީސްގައި ބައިވެރިވާ ރާއްޖޭގެ ކެރަމް ޓީމް
އިންޑިއާ މޯލްޑިވްަސް ޓެސްޓް ސީރީސްގައި ބައިވެރިވާ ރާއްޖޭގެ ކެރަމް ޓީމް
ސޯޝަލް މީޑިއާ
ކެރަމް އެސޯސިއޭޝަން
އިންޑިއާ މޯލްޑިވްސް ޓެސްޓް ސީރީސް މ އަތޮޅަށް!
 
މިއީ އަންނަ އަހަރު ގެޑިސެމްބަރު މަހު ބާއްވާ އައިސީއެފް ކަޕަށް ގައުމީ ޓީމް ތައްޔާރު ކުރުމަށް ބާއްވާ ސީރީސްއެއް

އިންޑިއާ މޯލްޑިވްސް ޓެސްޓް ސީރީސްގައި ބައިވެރިވުމަށް ޤައުމީ ކެރަމް ޓީމު މ. އަތޮޅަށް ފުރައިފިއެވެ.

ކެރަމް އެސޯސިއޭޝަނުން މައުލޫމާތުދޭގޮތުގައި މި ސީރީސް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އަންނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ އައިސީއެފް ކަޕަށް ޤައުމީ ޓީމް ތައްޔާރު ކުރުމަށް ކަމަށެވެ. އަދި މި ސީރީޒަށްފަހު މިއަހަރު އަލަށް ފަށާ ކެރަމް ޕްރެޒިޑެންޓްސް ލީގު އޮންނާނެ ކަމަށާއި މި ލީގް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވ. އަތޮޅުގައި ކަމަށެވެ.

ކެރަމް ޕްރެޒިޑެންސް ލީގުގައި ރާއްޖެ އާއި އިންޑިއާގެ އިތުރުން ވޯލްޑް ޗެމްޕިއަންކަން ހޯދައިފައިވާ ލަންކާގެ ކުޅުންތެރިން ބައިވެރިވާނެއެވެ.

އިންޑިއާ މޯލްޑިވްސް ޓެސްޓް ސީރީސް މިމަހު 6 އަކުން 9 ކަށް މ އަތޮޅު މުލީގައި އޮންނަ އިރު މި ސީރީސްގައި އިންޑިއާގެ ޖޫނިއަރ އަދި ސީނިއަރ ޓީމުތަކުން ބައިވެރިވާނެއެވެ. މިއީ ރާއްޖޭގެ އިސްނެގުމުގެ މަތިން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ކެރަމް ރޭންކިންގ ގައި ރާއްޖެއިން މި ވަގުތު ދުނިޔޭގެ ތިންވަނައިގައި އޮތް އިރު އިންޑިއާ އަކީ އެންމެ ފަހުން ބޭއްވުނު ކެރަމް ވޯލްޑް ކަޕުގެ ޗެމްޕިއަނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް