ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 04:55
ނޯތް ކޮރެއާއިން ކުރި ސަބްމެރިން މިސެއިލް ޓެސްޓް
ނޯތް ކޮރެއާއިން ކުރި ސަބްމެރިން މިސެއިލް ޓެސްޓް
ގޫގުލް
ނޯތު ކޮރެއާ
ނޯތު ކޮރެއާ އިން އަނެއްކާވެސް ސަބްމެރިން މިސައިލެއް ޓެސްޓްކޮށްފި
 
މިއީ ނޯތް ކޮރެއާއިން މި އަހަރު ކުރި 11 ވަނަ މިސައިލް ޓެސްޓެ

ނޯތު ކޮރެއާއިން އާ ބާވަތެއްގެ ސަބްމެރިން މިސައިލެއް ޓެސްޓްކޮށްފިއެވެ.

މިއީ ނޯތް ކޮރެއާއިން މި އަހަރު ކުރި 11 ވަނަ މިސައިލް ޓެސްޓެވެ. ނޯތް ކޮރެއާއިން ބުރާސްފަތި ދުވަހު ކޮށްފައިވާ މިސައިލް ޓެސްޓް ކަނޑުގެ ޕްލެޓްފޯމަކުން ފޮނުވައިލި ކަމުގައި ވިޔަސް މި މިސައިލް ސަބްމެރިން އިން ވެސް ފޮނުވާލެވޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނޯތް ކޮރެއާއިން ބޭނުންވަނީ ގައުމުން ބޭރުގައި ވެސް މިސެއިލް ޓެސްޓްތައް ކުރުމަށެވެ.

ސައުތް ކޮރެއާގެ އޮފިޝަލަކު ބުނީ ނޯތް ކޮރެއާއިން ފޮނުވާލި މިސެއިލް 450 ކިލޯ މީޓަރަށް ދަތުރުކޮށްފައިވާ ކަމަށާއި މިސައިލް ޖަޕާނު ކަނޑަށް ވެއްޓުމުގެ ކުރިން 910 ކިލޯ މީޓަރު އުހުން ދަތުރުކޮށްފައިވާކަމަށެވެ. އަދި މި މިސެއިލް ދަތުރުކޮށްފައިވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ވުރެ އުހުން ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

މިސެއިލް ޓެސްޓްކުރި ކަމުގައި ވިޔަސް އަވަށްޓެރި ގައުމުތަކަށް އެކަމުގެ ނުރައްކަލެއް ނެތް ކަމަށް ނޯތް ކޮރެޔާއިން ބުނެފައިވާއިރު ، ޖަޕާނުން ބުނީ ނޯތް ކޮރެއާއިން ކުރި މިސެއިލް ވެއްޓިފައިވަނީ އެގައުމުގެ އިގްތިސާދީ ސަރަހައްދަށް ކަމަށެވެ. ނޯތް ކޮރެއާއިން ބުނީ އެގައުމުން ބުރާސްފަތި ދުވަހުކުރި ސަބްމެރިން ޓެސްޓް ވަރަށް ކާމިޔާބު ކަމަށާއި އެގައުމުން މިސެއިލް ޓެސްޓްތައް ކުރަނީ ގައުމަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށެވެ.

އދ. އިން ވަނީ ނޯތް ކޮރެއާ އިން ކުރަމުން ގެންދާ ނިއުކްލިޔާ ޓެސްޓް ތަކުގެ ސަބަބުން އެ ގައުމާ ދޭތެރޭ ދަތި ކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް