އަންގާރަ 22 އޮކްޓޯބަރ 2019
05 ހެއި
1441 ސަފަރު 23
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
މަޣްރިބް 17:53
އިޝާ 19:05
ވިޔަފާރި - އުރީދޫ ކަލަރ ރަން

އުރީދޫ ކަލަރ ރަން 29 ނޮވެމްބަރ ގައި ހުޅުމާލެއަށް

  • މި އަހަރުގެ ޖޫން މަހު އައްޑޫ ސިޓީގައި ވެސް ކަލަރ ރަން ބާއްވާފައިވޭ
  • އުރީދޫގެ އަމާޒަކީ ގިނަ ރަށްތަކުގައި މި ރަން ބޭއްވުން
  • ކަލަރ ރަންގެ ރަޖިސްޓްރޭޝަނަށް މިހާރު ވަނީ ހުޅުވާލާފައި

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 3 އޮކްޓޯބަރ 2019 | ބުރާސްފަތި 22:49 1,519

އައްޑޫ ސިޓީގައި ބޭއްވި ކަލަރ ރަންގެ ތެރެއިން - އާފަތިސް އޮންލައިން

ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އުރީދޫ ކަލަރ ރަން، ނޮވެމްބަރު މަހުގެ 29 ވަނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން އިއުލާނު ކޮށްފިއެވެ.

އަހަރުން އަހަރަށް ބައިވެރިން ގިނަވެ، ރެކޯޑް އަދަދަކަށް ދުވުންތެރިން ބައިވެރިވާ ދުވުމުގެ އިތުރުން، އެދުވަހުގެ ހެނދުނު ގުޑި މަހާސަމާއެއް، އަދި ރޭގަނޑު ގަޑީގައި މިއުޒިކް ޝޯ އެއްވެސް ބޭއްވިގެންދާނެއެވެ.

އުރީދޫ ކަލަރ ރަންގެ ރަޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިންގެ ތަޖުރިބާ އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިއަހަރު ރަޖިސްޓްރޭޝަން ކުރިއަށްދަނީ އުރީދޫ މޫލީ މެދުވެރިކޮށް، މައި އުރީދޫ އެޕްގައެވެ. މިގޮތުން، ބައިވެރިންގެ ކިޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރ ކޮށްދޭނެއެވެ.

އުރީދޫ ކަލަރރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލަރރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރެއެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެއެވެ.

އުރީދޫ ކަލަރ ރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓަރޓެއިނިންގ ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ ވަނަތައް ހޮވިގެންދާނެއެވެ.

އުރީދޫ ކަލަރ ރަން ދުވަހުގެ ތަފާތު ހަރަކާތްތަކާއި، ޕާޓްނަރުންގެ ތަފްސީލުތައް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހިއްސާކުރެވޭނެއެވެ. ކުރީގެ އަހަރުތަކާއި އެއްފަދައިން، އުރީދޫ ކަލަރ ރަންގެ އިވެންޓް ޕާޓްނަރ އަކީ ޔުނިކްސް ސްޕޯޓިންގް އެވެ.

ފާއިތުވެދިޔަ ޖޫން މަހު އައްޑޫ ސިޓީގައި އުރީދޫ ކަލަރ ރަން އެއް ބާއްވިފައިވާއިރު، މިއީ މިއަހަރު ބޭއްވޭ ދެވަނަ އުރީދޫ ކަލަރ ރަން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް