ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 19:41
ަވަޅީގެ ހަމަލާ ދިން ސަރަހައްދުގައި ފުލުހުން ފޯރި މަރަނީ
ަވަޅީގެ ހަމަލާ ދިން ސަރަހައްދުގައި ފުލުހުން ފޯރި މަރަނީ
ބީބީސީ
ފަރަންސޭސިވިލާތް
ވަޅިން ހަމަލާދީ ފްރާންސުގެ ފަސް ފުލުހުން މަރާލައިފި
 
އެއް އަންހެނަކުވެސް ވަނީ މަރުވެފައި
 
ހަމަލާ ދިންމީހާ ވަނީ މަރާލެވިފައި

ފްރާންސުގެ ވެރިރަށް ޕެރިސްގެ މެދުތެރޭ ސަރަހައްދުގައި ހުރި ފުލުހުންގެ ހެޑްކުއަޓަރއަކަށް ވަދެ، ވަޅިން ހަމަލާދީ ހަތަރު ފުލުހަކު މަރާލައިފިއެވެ.

އެ ހަމަލާދިން މީހާގެ ވަނަވަރު މިހާތަނަށް ހާމަކޮށްފައި ނުވާއިރު، އޭނާ އަކީ އެތަނުގައި މަސައްކަތްކުރާ މީހެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ފުލުހުން ވަނީ ބަޑިޖަހާ އޭނާ މަރާލާފައެވެ.

އެ ހަމަލާއާ ގުޅިގެން ރަސްމީކޮށް އެއްވެސް އިދާރާއަކުން އެއްޗެއް ބުނެފައިނުވާއިރު، ހަމަލާ ދީފައިމިވަނީ ފުލުހުންނަށް ދެމުންދާ ހަމަލާތައް އިތުރުވުމުގެ ސަބަބުން އެމީހުން މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރިތާ އެއް ދުވަސް ފަހުންނެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން، ބޮޑު ވަޒީރު އެޑުއޯޑް ފިލިއްޕޭގެ އިތުރުން އިންޓީރިއާ މިނިސްޓަރ ކްރިސްޓޮފޭ ކަސްޓަނާ ވަނީ އެ ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ.

ޕެރިސް މޭޔަރ އެން ހިދާލްގޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕެރިސްގައި ހުންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލް ސަރަހައްދެއް ކަމަށްވާ ނޮޓްރަ-ޑަމް ކެތީޑްރަލްއާ ކައިރީ ސަރަހައްދެއްގައި ދިން ހަމަލާއެއްގައި ''މީހުން ތަކެއް'' މަރުވެފައިވާ ކަމަށެވެ.

ފްރާންސުގެ ބީއެފްއެމްޓީވީން ރިޕޯޓްކޮށްފައިވާ ގޮތުން ތިން ފިރިހެނުންނާއި އެއް އަންހެނަކު ވަނީ މަރުވެފައެވެ. އަދި އެކަކު ވަނީ ޒަހަމްވެފައެވެ.

ފްރާންސުގެ މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުން އެ ހަމަލާދިނީ ފެރިސް ފުލުހުންގެ އިދާރީ ބައިގައި، 20 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މަސައްކަތް ކުރަމުންދާ 45 އަހަރުގެ ފިރިހެނެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
75%
0%
0%
25%
0%
0%
ކޮމެންޓް