ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 19:25
ހެރީ ކޭން
ހެރީ ކޭން
ގެޓީ އިމޭޖަސް
ހެރީ ކޭން
މި ސީޒަނަށްފަހު ކޭން ޓޮންޓެންހަމް ދޫކޮށްލަނީ
 
ޓޮޓެންހަމްއާއެކު ކޭން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރު

މި ސީޒަނަށްފަހު ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން އެ ކްލަބް ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ ޓައިމްސްއިން ބުނީ ކޭން ބޭނުންވަނީ މި ސީޒަނަށްފަހު ޓޮޓެންހަމް ދޫކޮށްލަން ކަމަށާއި، އޭނާ ކުރިޔަށް އޮތް ސީޒަނުގައި ފެނިގެންދާނީ އެހެން ކްލަބަކުން ކަމަށެވެ.

ޓޮޓެންހަމްއާއެކު ކޭން ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ފްރާންސް، ޖަރުމަން އަދި ސްޕެއިންގެ ކްލަބްތައް ހިމެނެއެވެ. ނަމަވެސް މީގެކުރިން ސްޕޯޓް ބިލްޑަށް ދިން އިންޓަވިއުއެއްގައި ކޭން ބުނީ ޓޮޓެންހަމްގައި ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކަމަށާއި، މުޅި ކެރިޔަރު އޭނާ ހޭދަކުރަން ބޭންވަނީ އެ ކްލަބާއެކުގައި ކަމަށެވެ.

ޓޮޓެންހަމް އިން ކެރިޔަރު ފެށި އުމުރުން 26 އަހަރުގެ ކޭން ވަނީ މިހާތަނަށް މި ސީޒަނުގައި ޓޮޓެންހަމް އަށް ކުޅުނު 9 މެޗުގައި 7 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޓޮޓެންހަމްގައި ހޭދަކުރި 10 ސީޒަނުގައި ކުޅުނު ޖުމްލަ 262 މެޗުން 171 ލަނޑު ކާމިޔާބުކޮށްފައެވެ.

ކޭން ވަނީ ޓޮޓެންހަމްއާއެކު 2014 ވަނަ އަހަރުގެ ސީޒަނުގައި ލީގް ކަޕްގެ ދެވަނަ ހޯދުމުގެ އިތުރުން މިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ.

ޕްރިމިއާ ލީގުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކޭން ވަނީ މިދިޔަ ދެ އަހަރު އިންގްލޭންޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

މީގެ އިތުރުން ކޭން ވަނީ އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 41 މެޗުގައި 26 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިންގްލޭންޑާއެކު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
33%
0%
67%
ކޮމެންޓް