ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 18:12
މޯލްޑިވްސް ޓުއަރިޒްމް ކޮންފަރެންސް 2019
މޯލްޑިވްސް ޓުއަރިޒްމް ކޮންފަރެންސް 2019
މިނިސްޓްރީ އޮފް ޓޫރިޒަމް
ފަތުރުވެރިކަމުގެ ދުވަސް
މޯލްޑިވްސް ޓުއަރިޒްމް ކޮންފަރެންސް 2019 ނިންމާލައިފި
 
ގިނަ އަދަދެއްގެ މިނިސްޓަރުންވަނީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފަ
 
ކޮންފަރެންސް ކުރިއަށް ގެންދެވުނީ 4 ސެޝަނަކަށް ބަހާލައިގެން

މޯލްޑިވްސް ޓުއަރިޒްމް ކޮންފަރެންސް 2019 ނިންމާލައިފިއެވެ.

ކޮންފަރެންސް ބާއްވާފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ހަތަރު ސެޝަނަކަށް ބަހާލައިގެން އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި ކޮންފަރެންސްގައި ގިނަ އަދަދެއްގެ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންފައެވެ.

ހަތަރު ސެޝަނެއް މި ކޮންފަރެންސްގައި ކުރިއަށް ގެންގޮސްފައިވާއިރު ފުރަތަމަ ސެޝަން ބާއްވާފައިވަނީ ޓެރަރިޒްމް އެންޑް ސެކިއުރިޓީ އިން ގްލޯބަލް ޓުއަރިޒްމް އާއި ގުޅޭ ގޮތުންނެވެ. މި ސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ތިއްބެވީ ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ އިތުރުން ޝޯން ކެލީއެވެ.

ކޮންފަރެންސްގެ ދެވަނަ ސެޝަން ބާއްވާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭގޮތުންނެވެ. މި ސެޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ތިއްބެވީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު، އެންވަޔަރމެންޓް މިނިސްޓަރ ހުސައިން ރަޝީދު ހަސަންގެ އިތުރުން ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ ޗެއާމަން އިބްރާހިމް ނާޝިދުއެވެ.

ތިންވަނަ ސެޝަންގައި މުޖުތަމައުގެ ކަންކަމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފަިއވާއިރު މި ސެޝަންގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް ފައްޔާޒު އިސްމާއިލް އާއި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްގެ އިތުރުން އެސްޓީއޯގެ ސީއީއޯ ހުސެއިން އަމްރު ވަނީ ޕެނަލްގައި ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ފަހު ސެޝަންގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު، މިނިސްޓަރ އޮފް ޢާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް ފައްޔާޒު އިސްމާއިލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ފާހަގަ ކުރަމުންދާއިރު، ދުވަހާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފަރުކޮޅުފުށީގައި ކުރިއަށް ގެންދިޔަ ޖޮބްފެއާރގެ އިތުރުން ބަރޮސް ފަޅުތެރޭގައި ފްރީޑައިވް ވޯރލްޑް ރެކޯޑެއް ގާއިމު ކުރުން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
50%
0%
0%
0%
0%
50%
ކޮމެންޓް