ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 18:11
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޓްވިޓަރ
ޔޫރޮޕާ ލީގު
ޔޫރޮޕާ ލީގު: އަލްކަމާރާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި ޕޮގްބާ ނުފެންނާނެ
 
ޕޮގްބާގެ ފަޔަށް ލިބުނު އަނިޔާއިން އޭނާ ރިކަވާ ވާން ވަގުތު ބޭނުންވޭ: ޔުނައިޓެޑް

ޔޫރޮޕާ ލީގުގައި ނެދަލޭންޑްސްގެ އޭޒެޑް އަލްކާމާރާ ދެކޮޅަށް ކުޅޭ މެންޗެސްޓަރ ޔުނައިޓެޑް ކުޅޭ މެޗުގައި ޕައުލް ޕޮގްބާ ނުފެންނާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.

ޔުނައިޓެޑުން ބުނީ ސައުތުހެމްޕްޓަންއާ ދެކޮޅަށް އޯގަސްޓް މަހު ޔުނައިޓެޑު ކުޅުނު މެޗުގައި ޕޮގްބާގެ ފަޔަށް ލިބުނު އަނިޔާއިން އޭނާ ރިކަވާ ވާން ވަގުތު ބޭނުންވާ ކަމަށާއި، އަލްކަމާރާ ދެކޮޅަށް ޔުނައިޓެޑު ކުޅޭ މެޗުގައި އޭނާ ނުފެންނާނެ ކަމަށެވެ.

ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ބުނީ، ޕޮގްބާއަށް މިވަގުތު އަރާމުކުރަން ފުރުސަތު ދޭން ޖެހޭ ކަމަށާއި، އެއްވެސް ރިސްކެއް ނަގަން ބޭނުންވާ ކަމަށެވެ. އަދި އޭނާ މެޗަށް ބޭނުންކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށްވެސް ސޯލްޝެއާ ވަނީ ބުނެފައެވެ.

ޕޮގްބާ ވަނީ މިހާތަނަށް މި ސީޒަނުގައި ޔުނައިޓެޑަށް ހަ މެޗު ކުޅެފައެވެ. އޭގެ ތެރެއިން ފަސް މެޗަކީ ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކެވެ. އަދި އޭނާ ވަނީ ލީގް ކަޕްގައިވެސް އެއް މެޗު ކުޅެފައެވެ.

މީގެކުރިން ޔޫރޮޕާ ލީގުގެ މޮޅު ކުޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޕޮގްބާ ވަނީ 2016 ވަނަ އަހަރުގެ ސީޒަނުގައި ޔުނައިޓެޑާއެކު އެ މުބާރާތް ކާމިޔާބުކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ އަލްކަމާރާ ދެކޮލާށް ޔުނައިޓެޑު ނިކުންނައިރު، ސޯލްޝެއާ ބުނީ މެޗު ކުޅެންޖެހޭ ދަނޑާމެދު ހިތްހުމަނުޖެހޭ ކަމަށާއި، އެއީ މިހާތަނަށް އޭނާ ދެކުނު އެންމެ ފެންވަރު ދަށް އެއް ދަނޑު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް