ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 17:29
ލިވަޕޫލް އަދި ސެލްސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން
ލިވަޕޫލް އަދި ސެލްސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ސަލާހުގެ ދެ ލަނޑުން ލިވަޕޫލް މޮޅުވެއްޖެ
 
ސެލްސްބާގް އަތުން ލިވަޕޫލް މޮޅުވީ 3-4 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި މުހައްމަދު ސަލާހު ކާމިޔާބުކުރި ދެ ލަނޑުން ސެލްސްބާގް އަތުން ލިވަޕޫލް މޮޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ސެލްސްބާގް އަތުން ލިވަޕޫލް މޮޅުވީ 3-4 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސާޑިއޯ މާނޭއެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. އެގޮތުން 25 ވަނަ މިނެޓުގައި އެލެގްޒެންޑްރާ އާނޯލްޑްގެ އެހީތެރިކަމާއެކު ރޮބަޓްސަން ވަނީ ލީޑު ފުޅާކޮށްދީފައެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑު 36 ވަނަ މިނެޓުގައި ސަލާހު ކާމިޔާބުކުރިއިރު، 39 ވަނަ މިނެޓުގައި ސެލްސްބާގުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހީޗަންއެވެ.

ދެވަނަ ހާފް ފެށިގެން ސެލްސްބާގުން ކުޅުން ރަނގަޅުކޮށްފައިވާއިރު، 56 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިނަމީނޯއެވެ.

ސެލްސްބާގުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 60 ވަނަ މިނެޓުގައެވެ. މި ލަނޑު މިނަމީނޯގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ހަލޭންޑްއެވެ.

ލިވަޕޫލުން މެޗުގެ ލީޑު އަނބުރާ ނެގީ 69 ވަނަ މިނެޓުގައެވެ. މި ލަނޑު ފިރްމީނޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސަލާހުއެވެ. މި ލަނޑަށްފަހުވެސް ލިވަޕޫލަށް ވަނީ ލަނޑު ޖެހުމަށް އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ގްރޫޕްގައި ހިމެނޭ ނަޕޯލީ އާއި ޖެންކް ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ނަޕޯލީއެވެ. ދެވަނައިގައި ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތްއިރު، ދެ މެޗުން ލިވަޕޫލާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ ސެލްސްބާގްއެވެ. އަދި ފުލުގައި ދެ މެޗުން އެއް ޕޮއިންޓާއެކު އޮތީ ޖެންކްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް