ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 17:01
ބާސާގެ ލުއިސް ސުއަރޭޒް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ބާސާގެ ލުއިސް ސުއަރޭޒް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ފަހަތުން އަރައި އިންޓަގެ މައްޗަށް ބާސާ ކުރިހޯދައިފި
 
އިންޓަގެ މައްޗަށް ބާސާއިން ކުރިހޯދީ ފަހަތުން އަރައި 1-2 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފަހަތުން އަރައި އިންޓަ މިލާންގެ މައްޗަށް ބާސެލޯނާ ކުރިހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން އިންޓަގެ މައްޗަށް ބާސާއިން ކުރިހޯދީ ފަހަތުން އަރައި 1-2 ގެ ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އިންޓައިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެލެކްސަސް ސަންޗޭޒްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލައުޓާރޯ މާޓިނޭޒްއެވެ. މިއީ އިންޓައިން ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި އެންމެ އަވަސް ލަނޑެވެ.

މި ލަނޑާއެކު ބާސާއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން އިންޓަގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މި ހާފްގައި އިންޓައަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފަށައިގެން ބާސާއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، 58 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މ ލަނޑު އާޓޫރޯ ވިޑާލްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލުއިސް ސުއަރޭޒްއެވެ.

މި ލަނޑަށްފަހުވެސް ބާސާއިން ގިނަ އެޓޭކްތަކެއް ކުރަމުންދިޔައިރު، އެޓީމުން ވަނީ 84 ވަނަ މިނެޓުގައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީގެ އެހީތެރިކަމާއެކު ސުއަރޭޒްއެވެ.

ޗެމްޕިއަންސް ލީގުގައި އިންޓައާ ދެކޮޅަށް ބާސާއިން ކުޅުނު ފަސް މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. މެޗުން ބަލިވި އިންޓަ އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް