ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 13:16
ސަތިޔަމޭވް ޖަޔަތޭ 2 ގެ ދެ ޕޯސްޓަރެއް
ސަތިޔަމޭވް ޖަޔަތޭ 2 ގެ ދެ ޕޯސްޓަރެއް
ޓްވިޓަރ
ސަތިޔަމޭވް ޖަޔަތޭ 2
"ސަތިޔަމޭވް ޖަޔަތޭ 2" ގެ ޕޯސްޓަރުތަކެއް ބެލުންތެރިންނަށް!
 
ޖޯން އާއެކު ބަތަލާގެ ރޯލުން މިފަހަރު ފެންނަނީ ދިވްޔާ
 
ފިލްމުގެ ދެވަނަ ބައިވެސް ޑައިރެކްޓްކުރަނީ މިލަފް

ކޮރަޕްޝަނާ ދެކޮޅަށް ފުލުހަކު ކުރާ ހިތްވަރު ގަދަ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބައި ހަދަން އިއުލާންކޮށްފައި ވަނިކޮށް އެ ފިލްމުގެ ބައެއް ޕޯސްޓަރުތައް ސޯޝަލް މީޑިއާ ގައި އާންމުކޮށްފިއެވެ.

"ސަތިޔަމޭވް ޖަޔަތޭ 2" ގެ އޮފިޝަލް ޕޯސްޓަރުތައް ވަނީ އެ ފިލްމުގެ ލީޑު ރޯލު ކުޅެން ނިންމާފައިވާ ޖޯން އަބްރަހަމްގެ ޓްވިޓަރ މެދުވެރިކޮށްވެސް އޭނާގެ ފޭނުންނަށް ހިއްސާ ކޮށްފައެވެ.

ޖޯން އާއެކު މިފަހަރު ބަތަލާގެ ރޯލުން ފެނިގެންދާނީ ދިވްޔާ ކުމާރް ހޯސްލާ އެވެ. ދިވްޔާ އަކީ މިހާރު ޓީސީރީޒްގެ ވެރިޔާ ބުޝަން ކުމާރުގެ އަންހެނުންނެވެ.

މިދިޔަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ލީޑު ބަތަލާއެއްގެ ގޮތުގައި ފެނިގެންދިޔައީ އައިޝާ ޝަރުމާއެވެ.

ހަބަރުތައް ލިބިފައިވާ ގޮތުގައި ފިލްމުގެ ޑައިރެކްޓަރު މިލަފް މިލަން ޒަވޭރީ ވަނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ފަށާފައެވެ. އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރ މަހުގެ ދެވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް