ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 13:17
ނަހޫ އާއި ބިންމާ
ނަހޫ އާއި ބިންމާ
ފޭސްބުކް
ދަޅަ
ނަހޫ އާއި ބިންމާ މިފަހަރު ދައްކާނީ "ދަޅަ"
 
"ދަޅަ" އަކީ ބިންމާ އާއި ނަހޫ ގުޅިގެން ބައިސްކޯފަށް ހަދާ ސީރީޒެއް

މަޝްހޫރު ދެ ވާހަކަ ލިޔުންތެރިން ކަމަށްވާ ބިންމާ އިބްރާހީމް ވަހީދާއި ފާތިމަތު ނަހުލާ (ނަހޫ) ގުޅިގެން ސީރީޒެއްގެ މަސައްކަތް ފަށައިފިއެވެ. އެދެމީހުންގެ ފޭނުންނަށް ކުރިޔަށް އޮތީ މުޅިން އާ ވެބް ސީރީޒް "ދަޅަ" އެވެ.

ނަހުލާ އާއި ބިންމާ ގެ ވެބް ސީރީޒް ވެސް ހަދަނީ ބައިސްކޯފަށެވެ. ބައިސްކޯފުން ފުރަތަމަ ސްޓްރީމް ކުރި ދިވެހި ވެބް ސީރީޒަކީ އަސަރުގަދަ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ނަހޫ ހެދި "ހުވާ" އެވެ.

ފަންސާސް ހަ އެޕިސޯޑަށް ދިގުދެމޭގޮތަށް ހަދަން ނިންމާފައިވާ "ދަޅަ" ސީރީޒްގެ ސްކްރިޕްޓް ލިޔަން ނަހޫ މިހާރު ވަނީ ބިންމާ އާއެކު އެގްރީމެންޓެއްގައި ސޮއި ވެސް ކޮށްފައެވެ. އެކަން ނަހޫގެ ފޭސްބުކް މެދުވެރިކޮށް ވެސް އޭނާގެ ފޭނުންނަށާއި ދިވެހި ފިލްމު އަދި ޑްރާމާތައް ބަލަން ލޯބިކުރާ މީހުންނަށް ހާމަކޮށްދީފައެވެ.

"ދަޅަ"ގެ މާގިނަ މައުލޫމާތު ތަކެއް ހާމަކޮށްފައި ނުވާއިރު ސީރީޒްގެ ޝޫޓިން ފަށާނެ ތާރީހެއް އަދި ކަނޑައެއް ނާޅައެވެ. އަދި އެ ސީރީޒްގެ ކާސްޓުން ވެސް ފައިނަލް ކޮށްފައެއް ނުވެއެވެ.

އެ ސީރީޒާ ބެހޭ ގޮތުން ނަހޫ ބުނަނީ "ދަޅަ" ވެގެންދާނީ ބެލުންތެރިންނަށް ކަމުދާނެ ސީރީޒަކަށް ވާނެ ކަމަށާއި ސީރީޒްގެ ސްކްރިޕްޓް ތައްޔާރު ކުރަމުން އަންނަނީ ވެސް ތަފާތު ރަހަތައް އެކުލަވާލައިގެން ކަމަށެވެ.

އެ ސީރީޒް ވާނީ ބިންމާ އާއި ނަހޫ އެކުގައި މަސައްކަތް ކުރާ ދެވަނަ ޕްރޮޖެކްޓަށެވެ. މީގެ ކުރިން އެދެމީހުން އެކުގައި ކުރި މަސައްކަތް "ކައްތިރި" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ޑްރާމާއެކެވެ.

ނަހޫ އެންމެ ފަހުން ބައިސްކޯފަށް ގެނެސްދިން "ހުވާ" ބެލުންތެރިންގެ މެދުގައި 'ހިޓަކަށް' ވެގެން ދިޔައިރު އެ ސީރީޒްގެ ދެވަނަ ބައެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ވެސް ނަހޫ ވަނީ ދާދި ފަހުން ދީފައެވެ. އަދި "ހުވާ"ގެ ދެވަނަ ބައި އަންނަ އަހަރު ކުރީކޮޅު ބެލުންތެރިންނަށް ގެނެސްދޭން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން އޭނާ ވަނީ "ސޮރީ" ކިޔާ ފިލްމެއް ވެސް ސިނަމާތަކަށް ގެންނަން ފޫގަޅާލާފައެވެ. އެ ފިލްމުގެ ލީޑުން ފެނިގެންދާނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ކަމަށް ކުރިން ނަހޫ ވަނީ އިއުލާންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް