ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ދުނިޔެ - ބިއުމޮންޓް ރޯޔަލް އޯކް ހޮސްޕިޓަލް

މޭކަޕްއެއްގެ ސަބަބުން މޫނުގެ ސަރޖަރީއެއް ހަދަން އުޅުނު މައްސަލަ ފެންމަތިވެއްޖެ

  • ފަރުވާ ހޯދުމަށް ދިޔައީ ޕެނިކް އެޓޭކެއް ޖެހިގެން
  • ބިއުމޮންޓް ރޯޔަލް އޯކް ހޮސްޕިޓަލްގެ ބަހެއް ނުލިބޭ

އަމްނާ އިމާދު
amnabinthimad

ކ. މާލެ 3 އޮކްޓޯބަރ 2019 | ބުރާސްފަތި 13:24 7,864

ޖޭ ފިއަރޒް ނަމަކަށް ކިޔާ އަންހެން މީހާ - ޓްވިޓަރ

ހެލޮވީންގެ ފޮޓޯ ޝޫޓަކަށް މޭކަޕް ކުރަނިކޮށް ޕެނިކް އެޓޭކެއްޖެހި ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދިޔަ އަންހެނެއްގެ މޫނުގެ ސަރޖަރީއެއް ކުރަން އުޅުނު މައްސަލަ ފެންމަތިވެއްޖެއެވެ.

މިހާދިސާ ހިނގީ އެމެރިކާގެ މިޗިގަންގައެވެ. ފޮކްސް ނިއުސްގައި ބުނެފައިވަނީ އެއަންހެން މީހާ ހެލޯވީން ފޮޓޯ ޝޫޓަކަށް މޭކަޕް ކުރަނިކޮށް ކުއްލިއަކަށް ޕެނިކް އެޓޭކެއް ޖެހުމުން ހޮސްޕިޓަލްގެ އެމަޖެންސީގައި އަށް ދިއުމުން އޭނާގެ މޫނުގެ އެއްބައި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށްބުނެ، މޫނުގެ ސަރޖަރީއެއް ހެދުމަށް އަވަސްވެ ގަތް ކަމަށެވެ.

ޖޭ ފިއަރޒް ނަމަކަށް ކިޔާ މިއަންހެން މިހާއާއި ހަވާލާދީ ބައެއް ރިޕޯޓުތަކުގައި ބުނެފައިވަނީ، މޫނުމަތީގައި ހުރީ މޭކަޕްކަން ނޭނގޭނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި، ނަމަވެސް އެކަމަށް ފަރުވާ ދޭން ފެށުމުން އެއީ މޭކަޕްކަން ޑޮކްޓަރުންނަށް ނޭނގޭކަން ޔަގީންވި ކަމަށެވެ. އަދި އެއީ ފޭކް ކަމަށާއި، ފަރުވާ ހޯދުމަށް އައީ ޕެނިކް އެޓޭކަށް ކަމަށް ބުނެފައިވާ ކަމަށެވެ.

ބިއުމޮންޓް ރޯޔަލް އޯކް ހޮސްޕިޓަލްގައި ހިނގި މިހާދިސާއާ ބެހޭ ގޮތުން އެހޮސްޕިޓަލުން ވަނީ ބަހެއް ބުނަން ދެކޮޅު ހަދާފައެވެ. ނަމަވެސް ހޮސްޕިޓަލުން ނެރެފައިވާ ސްޓޭޓްމެންޓްގައި ބުނެފައިވަނީ އެމަޖެންސީ ރޫމްއަކީ ކުޅިވަރު ކުޅޭ ތަނެއް ނޫން ކަމަށާއި، ބައިވަރު ސީރިއަސް ކޭސްތަކެއް ހޭންޑަލް ކުރާ ތަނެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް