ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 10:03
އެކުއްޖާ ދިރިއުޅެމުންދިޔަ ގެ
އެކުއްޖާ ދިރިއުޅެމުންދިޔަ ގެ
ފޮކްސް
މެރުން
އެމެރިކާގައި ކަރަށް ހޫނުފެން އަޅާ ހަ އަހަރުގެ ކުއްޖެއް މަރާލައިފި
 
އެކުއްޖާގެ ބައްޕައަށް ވަނީ މީހަކު މެރިކަމުގެ ދައުވާ އުފުލާފައި
 
މަރުވި ކުޑަކުއްޖާ ހަށިގަނޑުގެ 15 އިންސައްތަ ވަނީ ފިހިފައި

ގައިން ޖިންނި ނެރެން ކަމަށް ބުނެ، ކަރަށް ހޫނުފެން އަޅާ ހައަހަރުގެ ކުއްޖެއް މަރާލައިފިއެވެ.

މިހާދިސާ ހިނގީ އެމެރިކާގެ އެރިޒޯނާގައެވެ. ދަރިފުޅުގެ ބައްޕަ ޕަބްލޯ މަރޓިނެޒްއާ ހަވާލާދީ ފޮކްސް ނިއުސްގައި ބުނެފައިވަނީ ކުއްޖާއާ ބާރުގަދަ ޖިންނިއެއް އަވަލާފައިވާ ކަމަށެވެ. އަދި ދަރިފުޅު މަރުވުމުގެ އެއްދުވަސްކުރިން ދަރިފުޅު ފެންވަރުވަނިކޮށް ދަރިފުޅުގެ ހަށިގަނޑުގެ ތެރޭގައި ރޫހާނީ އެއްޗެއް އުޅޭކަމުގެ އިހުސާސްވުމާއެކު، ޖިންނި ނެރުމަށްޓަކައި 10 މިނެޓް ވަންދެން ހޫނު ފެންއެޅި ކަމަށެވެ.

މީގެ އިތުރުން ބުނެފައިވަނީ މިމަންޒަރު ފެނުނީ އެކުއްޖާގެ ދޮން މަންމައަށް ކަމަށާއި، އެކަން ހުއްޓުވުމަށް އެއަންހެން މިހާ ހަޅޭލެވި ނަމަވެސް މަރޓިނެޒް އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އަންހެން މިހާ ފުލުހުންނަށް ރިޕޯޓު ކުރުމުން އެކުއްޖާ ގަޔަށް ހިހޫ ފެންއެޅި ކަމަށެވެ. ނަމަވެސް އޭރު އެކުއްޖާގެ ހަރަކާތް ހުއްޓިފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

މިހާދިސާ ހިނގިތަނަށް ފުލުހުން ދިއުމުން މަރޓިނެޒް ވަނީ ދަރިފުޅުގެ ކަރަށް ހޫނު ފެންއެޅި ކަމަށް އެއްބަސްވެފައެވެ. އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި، ދީނުގެ ސަބަބުން ގަބޫލުކުރެވިފައިވާ ކަންތައްތަކުން ކުރެވުނު ކަމެއް ކަމަށެވެ.

މިހާދިސާގައި މަރުވި ކުޑަކުއްޖާ ހަށިގަނޑުގެ 15 އިންސައްތަ ވަނީ ފިހިފައެވެ. އަދި މަރްޓިނެޒްގެ މައްޗަށް ވަނީ މީހަކު މެރިކަމުގެ ދައުވާ އުފުލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
5%
0%
39%
54%
2%
1%
ކޮމެންޓް
3 އޮކްޓޯބަރ 2019 | ބުރާސްފަތި 11:19
ދެރަވެފަހުރި ރާއްޖެ އެމްވީގެފޭން
ރާއްޖެ.އެމްވީވެސް މިހާރު ވަގުތު ނޫހުން ލިޔާކަހަލަ ޚަބަރުތަށް ލިޔަންފެށީތާ! ވާނުވާނޭނގޭނެހެން ސުރުހީ ލިޔެގެން! ވަރަށް ބަރާބަރު ބައެއްތީ ކުރީގަ، އެހެނަސް މިހާރު ވާނުވާ ނޭނގޭ ކުދިން ވައްދައިގެން މުޅިތަން ވައިކޮށްފި. ފައިރޫޒް،ނުޒު، މުހުސިން އަދި މިއުވާން މެންދިޔައިމަ އަހަރެން ހީކުރީ އެފެންވަރުގެ ރަނގަޅު ކުދިން ގެނެސްގެން ތަން ރަނގަޅު ކުރާނެ ކަމަށް، އެހެނަސް ދުވަހުން ދުވަހަކަށް ކަޑަވަނީ. ބިނާކުރަނިވި ކޮމެންޓެއް ކަމުގަ ދެކޭނެކަމުގަ އަހަރެންދެކެން. އަލަށް ތިތަނުގަ ޚަބަރު ކިޔާކުދިން ހަމަ ވަރަށް ފެންވަރުދަށް، ޚާއްސަކޮށް ފިރިހެން ކުދިން، މީހަކާ އިންޓަވިއުއެއް ކުރިޔަސް ކުރާނެ ސުވަަލެއްނެތިފަ،އެންމެ ސުވާލެއް ތަފާތު ގޮތްގޮތަށް ކޮށްލާފަ ނިންމާލަނީ، ބެލުންތެރިން ބޭނުންވާނެ ކަހަލަ ސުވާލުތަކެއްނުކޮށް. ތިޔަ މީޑިޔާ ދެކެ ވާލޯބިން މިބުނެލީ، ވަގުތު ނޫހަށް ތިޔަތަން ވާން ބޭނުންނުވާތީ ..ވަރަށް އަސަރާއިއެކު..ރާއްޖެ ޓީވީ އަކީ ބްރޭންޑެއް، ރައްޔިތުން އުއްމީދުކުރަނީ މިކަހަލަ ގޮތްގޮތަށް ގެނެސްދޭ ޚަބަރުތަކެއްނޫން ރާއްޖެ ޢެމްވީގެ ފަރާތުން.