ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 09:17
ކުރީގެ ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގެ ތެރެއިން
ކުރީގެ ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގެ ތެރެއިން
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
ވޯލްޑް ޓްރެވަލް އެވޯޑްސްގެ 6 ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓް ވެއްޖެ
 
މިރަސްމިއްޔާތު އޮތީ މިމަހުގެ 28 ގައި
 
މިއަހަރަކީ ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާ 26 ވަނަ އަހަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގައި 6 ކެޓަގަރީއަކުން ދިވެހިރާއްޖެ ނޮމިނޭޓް ވެއްޖެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ފަތުރުވެރިކަމުގެ ދާއިރާގެ އޮސްކާގެ ނަމުން މަޝްހޫރުވެފައިވާ އެވޯޑެކެވެ. އަދި މިއީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

އެގޮތުން އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާނީ ދުނިޔޭގެ ތަފާތު ގައުމުތަކުގެ ޓްރެވަލް އެޖެންސީތަކުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންގެ ވޯޓުންނެވެ. މިއަހަރަކީ ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާ 26 ވަނަ އަހަރެވެ.

މިއަހަރުގެ އެވޯޑް އޮންނާނީ އޮމާންގެ ރޯޔަލް އޮޕެރާ ހައުސް މަސްކެޓްގައި 28 ނޮވެންބަރު 2019 ގައެވެ.

އެމްއެމްޕީއާރްސީން ބުނީ 12 ސަރަހައްދަކަށް ބަހާލައިގެން ދޭ މިއެވޯޑްގެ މުޅި ދުނިޔެއިން ހޮވާލެވޭ ބައިގެ ތަފާތު ކެޓަގަރީ ތަކަކަށް ދިވެހިރާއްޖެ ނޮމިނޭޓްވެފައިވަނީ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިން ޑައިވް ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިން އައިލެންޑް ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިން ޓުއަރިސްޓް ބޯޑް އަދި ވޯލްޑްސް މޯސްޓް ރޮމައިންޓިކް ޑެސްޓިނޭޝަންއަށެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކެޓަގަރީއަކީ ކަމުގައިވާ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގައި ރާއްޖެއާ ވާދަ ކުރަމުންދާ ގައުމުތަކުގެ ތެރޭގައި ސްރީލަންކާ، ކޮސްޓާރިކާ، މޮރޮކޯ، މޮރިޝަސް އަދި ޖަމެއިކާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް