ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 22:32
މިނިސްޓްރީ އޮފް ކްރެބް
މިނިސްޓްރީ އޮފް ކްރެބް
ރާއްޖެއެމްވީ
ކްރޮސްރޯޑްސް
ކްރޮސްރޯޑްސް މެރީނާގެ މިނިސްޓްރީ އޮފް ކްރެބް ހުޅުވައިފި
 
މިނިސްޓަރ އޮފް ކްރެބް އަކީ ކަކުނި، އަދި ޑިނގާ ފަދަ ޑިޝްތަކަށް ހާއްސަ ރެސްޓޯރެންޓެއް
 
މިނިސްޓްރީ އޮފް ކްރެބްގެ ވިޔަފާރި ފަށައިގެން ހިންގާތާ 8 އަށް އަހަރުވެއްޖެ
 
މި ރެސްޓޯރެންޓަކީ 48 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެއް

ކްރޮސްރޯޑްސްގެ މިނިސްޓްރީ އޮފް ކްރެބް ފްރެންޗައިޒް ބުދަ ދުވަހު ހުޅުވައިފިއެވެ.

މި ރެސްޓޯރެންޓް ރަސްމީކޮށް ހުޅުވައިދިނީ އިންޑިއާގެ މަޝްހޫރު ފޮތް ލިޔުންތެރިޔާ، މަޖައްލާ ލިޔުންތެރިޔާގެ އިތުރުން ޓީވީ ހޯސްޓް ރަޝްމީ އުދޭ ސިންގްއެވެ. އޭނާ އަކީ އިންޑިއަން ރެވެނިއު ސަރވިސަސްގައި 15 އަހަރު މަސައްކަތްކޮށްފައިވާ މީހެކެވެ. އަދި ރަޝްމީ ކޮމިޝަނަރ އޮފް ޓެކްސްގެ މަޤާމުން އިސްތިއުފާ ދިނީ ނޫސްވެރިކަމުގެ ދާއިރާ އިން ކުރިއަށް ދިޔުމުގެ ޝައުޤުވެރިކަމާއެކުގައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ރަޝްމީ ބުނީ މި ރެސްޓޯރެންޓް ހުޅުވުމުގެ ޝަރަފު ލިބުމުން އުފާ ކުރާ ކަމަށާއި މި ރެސްޓޯރެންޓްގެ ޑިޝްތަކުގެ ރަހަތަކަކީ އެއް ހަމައެއްގައި ހިފެހެއްޓިފައިވާ ތަނެއް ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާފައިވާ މިނިސްޓަރ އޮފް ކްރެބް ރެސްޓޯރެންޓްތަކާއި ހިލާފަށް ރާއްޖޭގެ ރެސްޓޯރެންޓްގެ ވިއު ރީތިކަމަށް އޭނާ ފާހަގަކުރިއެވެ.

ރަޝްމީ

މިނިސްޓަރ އޮފް ކްރެބް އަކީ ކަކުނި، އަދި ޑިނގާ ފަދަ ޑިޝްތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓުގެ ހާއްސަކަމަކީ ކަކުނި، އަދި ޑިނގާ ތައްޔާރުކުރުމަށް ބޭނުންކުރާ ތަކެއްޗެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރެސްޓޯރެންޓްގެ ޝެފް ދަރްޝަން މުނިދަސާ ވިދާޅުވީ ކޮންމެ ހަފްތާއަކު ވެސް ތިން ފަހަރު ސްރީލަންކާ އިން އެކްސްޕޯޓްކޮށްގެން ކަކުނި ގެންނަ ކަމަށާއި އެ ތަކެތި ބޭނުންކުރަނީ އައިސްނުކޮށް ތާޒާ ކަންމަތީގައި ކަމަށެވެ. އަދި މި ސަބަބަށްޓަކައި އެ ރެސްޓޯރެންޓް ހާއްސަ ވެގެންދާ ވެސް އޭނާ ވިދާޅުވިއެވެ.

ޝެފް ދަރްޝަން މުނިދަސާ

މި ރެސްޓޯރެންޓަކީ 48 މީހުންގެ ޖާގައިގެ ރެސްޓޯރެންޓަކަށްވާއިރު ކުރިއަށް އޮތް ތާނގައި މެނޫ އަށް އައިޓްމްތައް އިތުުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރެސްޓޯރެންޓުން މައުލޫމާތުދެއެވެ. މިނިސްޓްރީ އޮފް ކްރެބް ރެސްޓޯރެންޓްގެ ފްރެންޗައިޒްތައް ސްރީލަންކާ، ޝެންގްހައި، މެނީލާ، މުމްބައިގައި ހުޅުވާފައިވެއެވެ. މިނިސްޓްރީ އޮފް ކްރެބްގެ ވިޔަފާރި ފަށައިގެން ހިންގާތާ 8 އަށް އަހަރުވެފައިވާއިރު ގިނަ ބައެއްގެ ތަރުހީބު އެ ވިޔަފާރީއަށް ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
20%
0%
0%
60%
20%
0%
ކޮމެންޓް