ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 20:20
ފިޔާގެ އަގު އުޅެނީ ވެއްޓިފައި
ފިޔާގެ އަގު އުޅެނީ ވެއްޓިފައި
އިންޑިޔާ ޓުޑޭ
އިންޑިއާ
އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފި
 
ވަކި ގޮތެއް އަންގަންދެން ވަނީ މަޑު ޖައްސާލާފައި

އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަނޑުތައް ހަލާކުވެ ބޭނުންވާ ވަަރަށް ފިޔާ ނުއުފެއްދޭތީ ފިޔާ އެކްސްޕޯޓް ކުރުން އިންޑިއާ އިން ހުއްޓާލައިފިއެވެ.

އާދިއްތަ ދުވަހު އިންޑިއާގެ ސަރުކާރުން ވަނީ، ވަކި އެއްޗެއް އަންގަންދެން ފިޔާ އެކްސްޕޯޓް ކުރުން މަޑު ޖައްސާލުމަށް އަންގާފައެވެ.

ވާރޭވެހުމުގެ ސަބަބުން ދިއްލީ އަދި މުމްބާއީގައި ފިޔާ ކިލޯއެއްގެ އަގު 80-70 ރުޕީސް ދެމެދުގެ އަގެއްގައި ހުރިއިރު އެ އަދަދަކީ އާއްމުކޮށް ލިބޭ އަގަށްވުރެ ބޮޑު އަދަދެކެވެ.

ބޮޑެތި ސިޓީތައް ކިަމަށްވާ ބެންގަލޫރު އަދި ޗެންނާއި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 60 ރުޕީސް އަށެވެ. އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި މި ދުވަސްކޮޅު ފިޔާގެ ސަޕްލައިވެސް އުޅެނީ ވަރަށް ދަށްކޮށެެވެ.

އިންޑިއާއަކީ އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ އެއް ގައުމެވެ. މިދިޔަ އަހަރު އިންޑިއާ އިން 2.2 ބިލިއަންގެ ފިޔާ އެހެނިހެން ގައުމުތަކަށް ފޮނުވާފައިވާ ކަމަށް އިންޑިއާގެ ޓްރޭޑްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
19%
71%
10%
0%
0%
ކޮމެންޓް