ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 20:03
ޔުވެންޓަސް އަދި ލެވަރކޫސަން ވާދަކުރި މެޗުގެ ތެރެއިން
ޔުވެންޓަސް އަދި ލެވަރކޫސަން ވާދަކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ކުޅުނު މެޗުން މޮޅުވިއިރު، ރޮނާލްޑޯއަށް ރެކޯޑެއް!
 
މި މެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާ އަކުން

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އަދި ބަޔާ ލެވަރކޫސަން ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު، ޔުވެންޓަސް އިން ކާމިޔާބުކުރިއިރު ރޮނާލްޑޯ ރެކޯޑެއް ހަދައިފިއެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް އިން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ޔުވެންޓަސް އިން ވަނީ ލެވަރކޫސަންގެ ހާފަށް ބާރު ބޮޑުކޮށް ނުރައްކާތެރި އެޓޭކްތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ގޮންޒާލޯ ހިގުއެންއެވެ. މި ލަނޑަށްފަހު ވެސް ޔުވެންޓަސް ކުޅުންތެރިންގެ ފަރާތުން މޮޅު އެޓޭކިންގް ގޭމެއް ފެނިގެންދިޔަ އިރު ފުރަތަމަ ހާފުގައި ލެވަރކޫސަންގެ ޑިފެންޑަރުން ވަނީ ޔުވެންޓަސްގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސް އިން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ވަރުގަދަ އެޓޭކްތަކެއް ލެވަރކޫސަންގެ ގޯލަށް ފޮނުވާލިއިރު މި ހާފުގައި ޔުވެންޓަސް ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ލެވަރކޫސަންގެ ކީޕަރު ވަނީ ހުށިޔާރުކަމާއިއެކު ދިފާއު ކޮށްފައެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޔުވެންޓަސް އިން

ވަނީ އިރުތު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެޑްރިކޯއެވެ.

މި ލަނޑަށްފަހުވެސް ޔުވެންޓަސް އިން ވަނީ ފުލުފުލުގައި ލެވަރކޫސަންގެ ގޯލަށް ހަމަލާތައް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 88 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މި މޮޅާއެކު ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ މޮޅު ހޯދި ކުޅުންތެރިޔަކަށް ރޮނާލްޑޯ ވެގެންދިޔަ އިރު މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކުޅުންތެރިޔާއަކީ ވެސް އޭނާއެވެ. އަދި މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް އޮތީ އޭނާ އަތުގައެވެ.

މި ނަތީޖާއާއިއެކު ޔުވެންޓަސް ގްރޫޕް ޑީ ގެ އެއްވަނައިގައި އޮތީ ލިބުނު 4 ޕޮއިންޓާއެކުގައެވެ. އަދި ދެވަނައިގައި އެތްލެޓިކޯ އޮތްއިރު މެޗުން ބަލިވި ލެވަރކޫސަން އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް