ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 18:34
ކިޑްސް ފުޓުބޯޅަ ފިއެސްަޓާ
ކިޑްސް ފުޓުބޯޅަ ފިއެސްަޓާ
ރާއްޖެއެމްވީ
ކިޑްސް ފުޓުބޯޅަ ފިއެސްޓާ
ކިޑްސް ފުޓުބޯޅަ ފިއެސްޓާ: މަޖީދިއްޔާ ސްކޫލް ބަލިކުރުމަށްފަހު ޗެމްޕިއަންކަން ގާޒީ އަށް!
 
މުބާރާތުގައި މާލޭގެ 17 ސްކޫލަކުން ވަނީ ބައިވެރިވެފައި
 
މުބާރާތުގެ ޗެމްޕިއަން ޓީމަކީ ގާޒީ ސްކޫލް

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އިންތިޒާމުކޮށްގެން ބޭއްވި ކިޑްސް ފުޓުބޯޅަ ފިއެސްޓާގެ ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލް ބަލިކުރުމަށްފަހު ގާޒީ ސްކޫލުން ހޯދައިފިއެވެ.

މި މުބާރާތް ބުދަ ދުވަހު ހެނދުނުން ފެށިގެން ކުރިޔަށްދިޔައިރު މި މުބާރާތުގައި މާލޭގެ 17 ސްކޫލަކުން ބައިވެރިވެފައިވެއެވެ. އެއީ، ރެހެންދި ސްކޫލް، އަހްމަދިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ދަރުމަވަންތަ ސްކޫލް، ހިރިޔާ ސްކޫލް، އަމީނިއްޔާ ސްކޫލް، ޖަމާލުއްދީން ސްކޫލް، ގާޒީ ސްކޫލް، ހުރަވީ ސްކޫލް، ގިޔާސުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، މަޖީދިއްޔާ ސްކޫލް، ކަލާފާނު ސްކޫލް، މުހިއްދީން ސްކޫލް، ބްރައިޓްވޭ އިންޓަރނޭޝަނަލް އަދި ބިލަބޮންގް ހައި އިންޓަރނޭޝަނަލްއެވެ.

މި މުބާރާތުގެ ފައިނަލުގައި ގާޒީ ސްކޫލް އަދި މަޖީދިއްޔާ ސްކޫލް ވާދަކުރި މެޗު ފަސޭހަކަމާއެކު ގާޒީން ވަނީ ކާމިޔާބުކޮށްފައެވެ.

މި މެޗު ގާޒީ ސްކޫލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. މި މުބާރާތުގެ ތިންވަނަ ހޯދައިފައިވަނީ ހިރިޔާ ބަލިކުރުމަށްފަހު އިމާދުއްދީން ސްކޫލެވެ.

މި މެޗު އިމާދުއްދީން ސްކޫލުން ކާމިޔާބުކޮށްފައި ވަނީ 3-1 ގެ ނަތީޖާ އަކުންނެވެ.

މި މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މުސްތަގުބަލުގައި ރާއްޖެއަކީ ސްޕޯޓްސް ޓުއަރިޒަމް މަންޒިލަކަށް ވެގެންދާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުން ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ އަލީ ވަހީދު ވަނީ މި މުބާރާތުގެ މެޗުތައް ބެލުމަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ސެލްގާޑޯ އައީތީ އެކަމަށް ޝުކުރުއަދާ ކޮށްފައެވެ.

މި މުބާރާތުގެ އެންމެ މޮޅު އަށް ކުޅުންތެރިންނަށް 13 އަހަރުންދަށުގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި މި މުބާރާތުގެ ތިންވަނަ އަށް އެންމެ މޮޅު ކުޅުތެރިޔާ އަށް ދުބާއީގެ ސެލްގާޑޯގެ އެކަޑަމީއިން ޓްރެއިނިގް ފުރުސަތުދީފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާ އަށް ސްޕެއިންގެ އެކަޑަމީއަށް ކުޅުމުގެ ފުރުސަތު ވަނީ ދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް