ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 15:51
ގައުމީ ސީނިއާ ފުޓުބޯޅަ ޓީމު
ގައުމީ ސީނިއާ ފުޓުބޯޅަ ޓީމު
އެފްއޭއެމް
ގައުމީ ޓީމު
ސީރިއާ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމު ސައުދީއަށް ފުރައިފި
 
ސައުދީގައި ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ދަނީ ރާވަމުން

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ސީރިއާ އާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމު ސައުދީއަށް ފުރައިފިއެވެ.

ސައުދީގައި ރާއްޖޭގެ ގައުމީ ޓީމުން ކޭމްޕް ކުރުމަށް ހަމަޖެހިފައިވާއިރު، އެފްއޭއެމްއިން ދަނީ އެކުވެރިކަމުގެ މެޗެއް އިންތިޒާމު ކުރުމަށް މަސައްކަތްކުރަމުންނެވެ.

މިފަހަރުގެ ސްކޮޑުން އިތުބާރު ފޯވާޑް ކްލަބް އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އަދި އީގަލްސް އަށް ކުޅެމުން އަންނަ އަހްމަދު ރިޒުވާން (ރިޒޭ) އަށް ފުރުސަތު ދީފައެއް ނުވެއެވެ. އެފްއޭއެމްއިން ވަނީ އެންމެ ފަހުން ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ކުޅުނު މެޗުތަކުގައި މި ދެކުޅުންތެރިން ބައިވެރިވެފައި ނުވުމުން ޖޫރިމަނާ ކޮށްފައެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ކުޅުނު ފުރަތަމަ މެޗުން ގުއާމް އަތުން ރާއްޖެ 1-0 އިން މޮޅުވިއިރު، މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން އަމިއްލަ ޤައުމުގައި ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ޗައިނާ އޮތް އިރު ދެވަނައިގައި އޮތީ ސީރިއާއެވެ. އަދި ތިންވަނައިގައި ފިލިޕީންސް އޮތް އިރު ރާއްޖެ އޮތީ ގްރޫޕްގެ ހަތަރު ވަނައިގައެވެ. ތާވަލުގެ ފުލުގައި ގުއާމް އޮތީ ކުޅުނު ދެމެޗުންވެސް ބަލިވެގެންނެވެ.

ކޮލިފައިންގައި ސީރިއާއާއި ދެކޮޅަށް ރާއްޖެއިން ނިކުންނާނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޔޫއޭއީ ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް