ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
އެމެރިކާއަށް ޖާސޫސްކޮށްދިނުން

އެމެރިކާއަށް ޖާސޫސްކޮށްދިން މައްސަލައިގައި މީހަކު މަރަން އީރާނު ކޯޓަކުން ހުކުމްކޮށްފި

  • އެމެރިކާއަށް ޖާސޫސްކޮށްދިން މައްސަލައިގައި ދެމީހަކު 10 އަހަރުގެ މުއްދަތަކަށް ޖަލަށްލުމަށްވެސް ވަނީ ޙުކުމްކޮށްފަ

ކ. މާލެ | 2 އޮކްޓޯބަރ 2019 | ބުދަ 13:50 | 2,854

ހުކުމްކޮށްފައިވަނީ އީރާނާއި އެމެރިކާގެ ގުޅުން ވަރަށް ހީނަރުވެފައިވަ ދަނޑިވަޅެއްގައި - އަލްޖަޒީރާ

އެމެރިކާއަށް ޖާސޫސްކޮށްދިން މައްސަލައިގައި އީރާނުމީހަކު މަރަން އެޤައުމުގެ ކޯޓަކުން ޙުކުމްކުރީ އިއްޔެއެވެ.

އެމެރިކާއަށް ޖާސޫސްކޮށްދިން މައްސަލައިގައި އެކަކު މަރަން ޙުކުމް ކޮށްފައިވާއިރު، މިމައްސަލައިގައި އިތުރު ދެމީހަކު 10 އަހަރުގެ މުއްދަތަކަށް ޖަލަށްލުމަށްވެސް ވަނީ ޙުކުމްކޮށްފައެވެ.

ބޭރުގެ ޤައުމުތަކަށް ޖާސޫސް ކުރުމުގައި އީރާނުގެ ރައްޔިތުން ޙަރަކާތްތެރިވާ މައްސަލައަކީ، އީރާނު ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލަމުން އަންނަ މައްސަލަތަކެކެވެ. މިފަދަ ކަންކަމުގައި ޙަރަކާތްތެރިވާ އީރާނު ރައްޔިތުންނާއި ބޭރު މީހުންނަށް އީރާނުން ވަރަށް ހަރުކަށި އަދަބު ދެމުންދާކަމަށް އީރާނުގެ ޖުޑީޝަރީގެ ތަރުޖަމާނު ޣުލާމް ޙުސައިން އިސްމާއިލީއާއި ޙަވަލާދީ ބައެއް މީޑިއާ ތަކުގައި ޝާއިއު ކޮށްފައިވެއެވެ.

އެމެރިކާގެ ޖާސޫސީ މައި އިދާރާ ސީއައިއޭއަށް ޖާސޫސްކޮށްދިނުމުގައި ޙަރަކާތްތެރިވަމުންދާ މީހުން ހޯދުމަށް އީރާނުން ކުރަމުންދާ މަސައްކަތުގައި މިދިޔަ ޖޫން މަހު 17 މީހުން، އަދި އެޕްރީލް މަހު 290 މީހުން ހިފާ ހައްޔަރުކޮށްފައިވެއެވެ. މީގެ ތެރޭގައި އެޤައުމުގެ އަސްކަރިއްޔާގެ މުވައްޒަފުންވެސް ހިމެނެއެވެ. އަދި ހައްޔަރު މީހުންގެ ތެރޭގައި ގިނައީ އީރާނުގެ ރައްޔިތެއްގެ އިތުރުން ބޭރު އެހެން ޤައުމެއްގެ ރައްޔިތުކަން ހޯދާފައިވާ މީހުންކަން އީރާނުގެ ޓެރަރިޒަމާބެހޭ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.