ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 13:46
ވިއްސާރައިގައި ޙާލުގަ ޖެހުނު މީހުން ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަނީ
ވިއްސާރައިގައި ޙާލުގަ ޖެހުނު މީހުން ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަނީ
ދި ނިއުސް
އިންޑިއާ ވިއްސާރަ
އިންޑިއާ ވިއްސާރައިގަ 100 އަށް ވުރެ ގިނަ މަރު
 
ވިއްސާރައިގަ އުއްތަރު ޕްރަދޭޝުން 111މީހުން މަރުވި

އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި މިހާތަނަށް 148 މީހުން މަރުވެފައިވާކަމަށް އެޤައުމުގެ ކާރިޘާތަކާ ބެހޭ މައި އިދާރާއިން ހާމަކޮށްފިއެވެ. އެ އިދާރާއިން ހާމަކުރާ ގޮތުގައި ހުޅަނގު މޫސުމުގެ ދިގުދެމިގެންދާ މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުންވީ އުއްތަރު ޕްރަދޭޝައި ބިހާރު ސްޓޭޓަށެވެ.

ވިއްސާރައާއި ގުޅިގެން ކުރިމަތިވި ތަފާތު އެކި ޙާދިސާތަކުގައި އުއްތަރު ޕްރަދޭޝުން މިހާތަނަށް 111 މީހުން މަރުވެފައިވާއިރު ބިހާރު ސްޓޭޓުން 29 މީހުން މަރުވެފައިވާކަމަށް އެއިދާރާއިން ބުނެއެވެ. ބިހާރު ސްޓޭޓުގައި އެންމެ ބޮޑަށް ގެއްލުންވީ ވެރިރަށް ޕަޓްނާއަށެވެ.

ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ޑިޒާސްޓަރ ރިލީފް ފޯރސް ގެ ހަޓީމެއް މިހާރު ޙަރަކާތްތެރިވަމުންދާކަމަށް އިންޑިއާގެ ކާރިޘާތަކާ ބެހޭ މައި އިދާރާއިން ބުނެއެވެ. ވިއްސާރައިގައި އުއްތަރު ޕްރަދޭޝާއި ބިހާރު ސްޓޭޓްގެ ބޮޑު ޞަރަޙައްދެއްގައި ފެންބޮޑުވެފައިވާއިރު، ދަނޑުބިންތަކައް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
75%
0%
0%
25%
ކޮމެންޓް