ބުދަ 25 ނޮވެންބަރު 2020
12 ނޮރަ
1442 ރަބީޢުލްއާޚިރު 09
ފަތިސް 04:38
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:17
އިރުއޮއްސޭ 17:52
އިޝާ 19:08
އުރީދޫ

ގެސްޓްހައުސް ދާއިރާ ކުރިއެރުވުމަށް އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން އެއްބަސްވެއްޖެ

  • މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމް.އެމް.ޕީ.އާރްސީގެ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބު މުހައްމަދު

ކ. މާލެ | 2 އޮކްޓޯބަރ 2019 | ބުދަ 13:08 | 1,275

އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން - އުރީދޫ

ޑިޖިޓަލް ޓެކްނޮލޮޖީއާއި ޚިދުމަތްތަކުގެ އެހީގައި ދިވެހިރާއްޖޭގެ ގެސްޓްހައުސް ދާއިރާ ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެ، އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމް.އެމް.ޕީ.އާރްސީގެ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ޝަރަފްވެރި ކޮށްދެއްވި ހާއްސަ ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ނަޖީބް ޚާން، އަދި ގޭމްގެ ރައީސް އަޙުމަދު ކަރަމް އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކެއްގެ ވެރިން ވެސް ބައިވެރިވިއެވެ.

ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ދިނުމުގައި ބައިވެރިވުމަކީ، އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެއް. ވުމާއި އެކު، އަދި އުރީދޫ އިން ޑިޖިޓަލް ރާއްޖެއަށް ދެމުންދާ އެއްބާރުލުމުގެ ދަށުން، ޑިޖިޓަލް މެދުވެރިކޮށް ރާއްޖޭގެ ގެސްޓްހައުސް ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ގޭމް އާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައި. ޒަމާނީ ފަތުރުވެރިން ބޭނުންވާ ފަދަ ފަސޭހަ ތަޖުރިބާތަޖެއް ފޯރުކޮށްދެވެނީ ޓެކްނޮލޮޖީގެ އެހީގައި. މިގޮތުން، ގޭމް އާއި އެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ، ގެސްޓްހައުސްތަކަށް އެންމެ އެކަށޭނެ އަދި ބޭނުންވާ ޑިޖިޓަލް ޚިދުމަތްތަކާއި ގުޅުވާލަދީ، ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ގެސްޓްހައުސް ވިޔަފާރި އައު ހަރުފަތަކާއި ހަމައަށް ގެންގޮސްދިނުމަށް

~ އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ، ނަޖީބް ޙާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގޭމްގެ ރައީސް ކަރަމް ވިދާޅުވީ މި ޕާޓްނަރޝިޕަކީ ވަރަށް ގިނަ އެހީތެރިކަން ދެފަރާތަށްވެސް ލިބިދޭނެ މާނަވީ އެއްބަސްވުމެއް ކަމަށާއި ގެސްޓްހައުސް ދާއިރާ ގަބޫލު ކުރާ ގޮތުން އޮންލައިން ޓްރެވަލް އޮޕަރޭޓަރސް އަދި ޖުމްލަކޮށް ޑިޖިޓަލް އޭޖް އަށް އުފަންވުން އެއީ މި އިންޑަސްޓްރީ އެހާ ބާރުމިނެއްގައި ކުރިއަށްދިއުމުގެ އެއް އަސްލު ކަމަށެވެ. އަދި ޑިޖިޓަލް ސޮލިއުޝަންސް ޕްރޮވައިޑަރއެއްގެ ގޮތުގައި އުރީދޫގެ އެހީތެރިކަން ލިބުން އެއީ، ވަރަށް ޝުކުރުވެރިކަމާއި އެކު ބަލައިގަންނަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫ އިން މަސައްކަތް ކުރަމުންދާނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މާހައުލާއި ގުޅޭ، ދިވެހި ގެސްޓްހައުސް ތަކަށް ބޭނުންވާފަދަ ފަހުގެ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް ފޯރުކޮށްދީގެން، ގެސްޓްހައުސް ދާއިރާ އަށް އައު ފުރުސަތުތަކާއި ފާގަތިކަން ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.