ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 12:16
ސަންޖޭ... ފޮޓޯ/ ޓައިމް އޮފް އިންޑިއާ
ސަންޖޭ... ފޮޓޯ/ ޓައިމް އޮފް އިންޑިއާ
ޓައިމްސް އޮފް އިންޑިއާ
ސަންޖޭ ކަޕޫރު
އިނގިރޭސިވިލާތުން ހާއްސަ އެވޯޑެއް އެކްޓަރު ސަންޖޭ ކަޕޫރަށް!
 
ސަންޖޭ އަކީ ބޮލީވުޑްގައި މާބޮޑު ކާމިޔާބީތަކެއް ލިބޭ ފަންނާނެއް ނޫން!
 
އޭނާ އަށް ލިބުނީ "މޯސްޓް އިންސްޕަޔަރިން އިންޑިއަން ބޮލީވުޑް އެކްޓާ"ގެ އެވޯޑު!
 
ސަންޖޭ އަށް އެވޯޑު ދިނީ އޭނާގެ އަގު ވަޒަން ކުރުމުގެ ގޮތުން!

ކުރީގެ މަޝްހޫރު ފިލްމު "ޕްރޭމް" އިން 1995 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ސަންޖޭ ކަޕޫރަށް އިނގިރޭސިވިލާތުން ހާއްސަ އެވޯޑެއް ދީފިއެވެ.

ބޮލީވުޑް ފިލްމުތަކަށް ބޮޑު ޑިމާންޑެއް އޮންނަ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސް އިން ސަންޖޭ އަށް ދީފައިވަނީ "މޯސްޓް އިންސްޕަޔަރިން އިންޑިއަން ބޮލީވުޑް އެކްޓާ" ގެ އެވޯޑެވެ. އަދި އޭނާ ބޮލީވުޑަށް ކޮށްދީފައިވާ ކަންތައްތަކުގެ އަގު ވަޒަން ކޮށް އެކަމުގެ ޝަރަފުގައި އެވޯޑާއެކު ވަނީ ހާއްސަ ލިޔުމެއްވެސް އޭނާ އަށް އެރުވިއެވެ.

އެވޯޑު ލިބުމުން ސަންޖޭ ބުނެފައިވަނީ އެކަހަލަ އެވޯޑުތަކުގެ ސަބަބުން ހިތްވަރު އާ ވެގެންދާ ކަމަށާއި އިނގިރޭސިވިލާތުން އެފަދަ ޝަރަފެއް އޭނާ އަށް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

އުމުރުން މިހާރު 53 އަހަރުގެ ސަންޖޭ އަކީ ބޮލީވުޑްގައި މާ ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ އެކްޓަރެއް ނޫނެވެ. އެޔާ ހިލާފަށް އޭނާގެ ދެ ބޭބެ ކަމަށްވާ އަނިލް ކަޕޫރާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރަކީ މިހާރުވެސް ހިންދީ ސިނަމާގައި ކާމިޔާބު ފަންނާނުންކަން ފާހަގަކޮށްލެވެއެވެ.

"ސިރްފް ތުމް" އަދި "ރާޖާ" ފަދަ ފިލްމުތަކުން ފެނިގެންދިޔަ ސަންޖޭ އެންމެ ފަހުން ފެނިގެންދިޔައީ އޯގަސްޓު މަހު ރިލީޒްކުރި "މިޝަން މަންގަލް" އާއި މިދިޔަ މަހު ސިނަމާތަކަށް ގެނައި ފިލްމު "ދަ ޒޯޔާ ފެކްޓާ" އިންނެވެ.

ދެން އެންމެ އަވަހަށް ސަންޖޭ ފެންނާނެ ކަމަށް ހަބަރުތައް ލިބެނީ އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ބޭދަބު" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ