ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 06:02
ފުލުސް އޮފިސަރު އެމްބަ ގައިގާ
ފުލުސް އޮފިސަރު އެމްބަ ގައިގާ
ޓްވިޓަރ
ފުލުހަކު މީހަކު މަރާލުން
ގޭގައި އައިސްކްރީމް ބޯން އިން މީހަކު ފުލުހަކު މަރާލިކަން ސާބިތުވެއްޖެ
 
މަރާލީ ޖީން ނަމަކަށް ކިޔާ މީހަކު

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު އެމެރިކާގެ ޓެކްސަސްގައި ބޮތަމް ޖީން ކިޔާ މީހަކު އޭނާގެ އަމިއްލަ ގޭގައި އައިސްކްރީމް ބޯން ހުއްޓައި، އެމްބަ ގައިގާ ކިޔާ ފުލުސް އޮފިސަރަކު އެގެއަށް ވަދެ ޖީން މަރާލި ކަމަށް ސާބިތުވެއްޖެއެވެ.

މިކަމާ ގުޅިގެން ގައިގާ ބުނީ، ޖީންގެ އެޕާޓްމަންޓަށް ވަތް އިރު ހުރީ ތަޅު ނުލައި ކަމަށާއި، ޖީން ގަޔަށް ބަޑި ޖަހައި މަރާލެވުނީ އޮޅުމަކުން ކަމަށެވެ. އަދި އެކަމަށް މައާފަށް އެދޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބަޑި ޖަހައި މަރާލި ބޮތަމް ޖީން

ޖީންގެ އެޕާޓްމެންޓަށް ވަދެވުނީ އަމިއްލަ އެޕާޓްމަންޓް ކަމަށް ހީކޮށްގެން ކަމަށް ކޯޓުގައި 20 އަށްވުރެ ގިނަ ފަހަރު އުމުރުން 31 އަހަރުގެ ގައިގާ ވަނީ ބުނެފައެވެ. އަދި ހީކުރީ ގެއިން ވައްކަން ކުރަނީ ކަމަށްވެސް އޭނާ ބުނެއެވެ.

ނަމަވެސް ޕޮލިސް ޔުނިފޯމުގައި ހުރެ ޖީން ގަޔަށް ގައިގާ ދެފަހަރު ބަޑިޖަހާފައިވާއިރު، ގައިގާ ބުނީ ބަޑި ޖެހީ ސީދާ މަރާލުމަށް ކަމަށާއި، އެއީ އެވަގުތު ހިތަށް އެރި ގޮތް ކަމަށެވެ.

މިދިޔަ އަހަރު ޖީން މަރާލާފައިވާއިރު، ތިން ދުވަސް ތެރޭގައި އޭނާ މަރާލި ގައިގާ ވަނީ ހައްޔަރުކޮށްފައެވެ. އަދި ފުލުހުންގެ ވަޒީފާއިންވެސް ވަކިކޮށް، އޭނާއަށް ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައެވެ.

ޖީންގެ އާއިލާ ކޯޓު ބޭރުގައި

މިކަމާ ގުޅިގެން ފުލުހުގައި ހަތަރު އަހަރުވަންދެން މަސައްކަތް ކުރި ގައިގާ ފުރަތަމަ ފަހަރަށް ވާހަކަ ދެއްކީ ޝަރީއަތުގެ މަޖިލީހުގައި ހުކުރު ދުވަހުއެވެ.

ޓެކްސަސްގެ ގާނޫނު ބުނާގޮތުން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 99 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
51%
8%
2%
29%
4%
6%
ކޮމެންޓް