ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 16:32
ބައުޒަރުތަކުގައި ރޯވެ އަނދަނީ
ބައުޒަރުތަކުގައި ރޯވެ އަނދަނީ
ރާއްޖެ އެމްވީ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ: ސިގިރޭޓާކާއެކު މުޅި ދިރިއުޅުން މާޔޫސްކަމުގެ ތެރެއަށް!
 
ސަރުކާރުން އެހީތެރިވާނެ ކަމަށް އުންމީދުކުރޭ
 
އެއީ މުޅި ދިރިއުޅުމަށް ކުރި މަސައްކަތް
 
އަލިފާން ފުރަތަމަ ރޯވީ ލޯންޗުގައި

ހޯމަ ދުވަހު ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރުތަކުގެ ރޯވި އަލިފާންގަނޑު ހާދިސާގައި އެންމެ ބޮޑު އެއްގެއްލުމެއް ލިބުނު އެއްފަރާތަކީ މޫސާ އިބްރާހިމްއެވެ.

މި ހާދިސާގައި 01 ލޯންޗާއި، 06 ބައުޒަރު ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައިވާއިރު އޭގެ ތިން ބައުޒަރަކީ، މޫސާ މުޅި އުމުރު ދުވަހު ކުރި ވިޔަފާރިއެވެ. މުޅި ދިރިއުޅުން އެ ވިޔަފާރިއަށް ބަރޯސާވެފައިވާއިރު، އުފަން ރަށް އދ. މަހިބަދޫ ދޫކޮށް މާލެ ބަދަލުވީ ފޮނި އުންމީދުތަކަކާއެކުއެވެ.

މިހާދިސާ ހިނގާ ދިޔަގޮތް ރާއްޖެ.އެމްވީއަށް ކިޔާދެމުން މޫސާ ބުނީ މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ކަމަށް އުންމީދު ވެސް ނުކުރާ ކަމަށެވެ. އެތައް ދުވަހެއްގެ މިންނެތް މަސައްކަތް ނެތިދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ކަމަށް މޫސަ ބުންޏެވެ.

ކޮފީއެއްގަ ހުއްޓަ ބައުޒަރުގެ މުވައްޒަފުން ގުޅާފަ ބުނީ އަލިފާން ރޯވި ވާހަކަ. ދެން އަވަހަށް އެތަނަށް ދިއައިރު ވާނެ އެއްޗެއް ވެފަ އޮތީ. އެވިޔަފާރިއަކީ ގާތްގަނޑަކަށް 1.95 މިލިއަން ރުފިޔާގެ ވިޔަފާރިއެއް.
މޫސާ އިބްރާހިމް

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި މީހުންނާ ހަވާލާދީ މޫސާ ބުނީ ފެޓްރޯލް އަޅަމުންދިޔަ ވަގުތު ލޯންޗް ތެރޭގައި ސިގިރޭޓް ބުއި ކަމަށާއި، 99 އިންސައްތަ ބެލެވެނީ ސިގިރޭޓަކުން ކަނޑާލި އަޅިއަކުން ލޯންޗްގައި ހެދިފައިހުރި އާވީގެ ސަބަބުން ހުޅުގަނޑު ހިފީ ކަމަށެވެ. އަދި އެވަގުތު މެރީޑިއަމް ތެޔޮބައުޒަރުގެ ހޮޅީގައި އަލިފާން ހިފީ ކަމަށާއި، އަލިފާންގަނޑު ފެތުރުނުއިރު ބައުޒަރުތައް ދުރަށް ޖައްސަން ވަގުތުވެސް ނުލިބުނު ކަމަށެވެ.

އެވަގުތު އެތަނުގައި ތިބި މީހުންނާއި، އެލޯންޗްގައި ތިބި ވަރަށް ގިނަ މީހުންނާ ވާހަކަ ދެއްކިން. އެންމެން ވެސް ބުނީ ސިގިރޭޓް ބުއި ވާހަކަ. ވަރަށް ޔާގީންވާތީ މިހެން މިބުނަނީ. ހުޅުގަނޑު ހިފީ ލޯންޗުގައި ހެދިފަ ހުރި އާވިގަނޑުގަ. ދެން އަލިފާން ހިފީމަ ބައުޒަރުތައް ދުރަށް ޖައްސަން މުވައްޒަފުން މަސައްކަތް ކުރި. އެކަމަކު ދުރަށް ޖައްސަން ވަގުތެއް ނުލިބޭ. އެހާވެސް އަވަހަށް ހުޅުގަނޑު ހިފައިގެންދިޔައީ.
މޫސާ އިބްރާހިމް
ތެޔޮ ބައުޒަރުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި -- ފޮޓޯ: ރާއްޖެ.އެމްވީ

ހާދިސާގައި ލިބުނު ބޮޑު ގެއްލުމުގެ ވާހަކަ ހިތާމަވެރި އަޑަކުން ހިއްސާކުރަމުން މޫސަ ބުނިގޮތުގައި މި ހާދިސާއިން ވަނީ ގިނަ ފިލާވަޅުތަކެއް ލިބިގެންގޮސްފަ އެވެ.

މޫސަގެ ނަސޭހަތަކީ ބަނދަރުގެ ތޮށިގަނޑާ އެހާ ކައިރީގައި ބައުޒަރު ބާއްވައިގެން ތެޔޮ ނޭޅުމަށެވެ. އަދި ލޯންޗް ސިގިރޭޓް ބުއިން މަނާކޮށް، އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް މޫސަ ވަނީ އެދިފަ އެވެ.

ހެނދުނު 8:00 އިން 23:00 އަށް އަބަދުވެސް މީހުން އުޅޭނެ ތެޔޮ ބައުޒަރުގައި. ދެން ރޭގަނޑުގެ މެންދަމު ވަގުތުގައި އަބަދު އެތާގައި ނެތް ނަމަވެސް އަބަދުވެސް ޗެކްކުރާނެ މުވައްޒަފުން އެތަނަށް ގޮސް.
މޫސާ އިބްރާހިމް

އަލުން ވިޔަފާރި ފެށޭނެ ދުވަހެއް ނޭނގުނު ނަމަވެސް މޫސާ އުންމީދު ކުރަނީ ސަރުކާރުގެ އެހީތެރިކަން ލިބި މިކަމުން އަރައިގަނެވޭނެ ދުވަހަކަށެވެ.

މިހަރު މުޅި ސަރަހައްދު އޮތީ ބަންދުކޮށްފަ. ދެން ލޯންޗްތަކަށް ޕެޓްރޯލް އެޅުން މިހާރު ވަރަށް ދަތިވާނެ.
މޫސާ އިބްރާހިމް

މޫސާގެ ތުހުތަމުތައް ތެދުނަމަ މިމައްސަލައަށް އަވަސް ފިޔަވަޅެއް އަޅަން ޖެހެއެވެ. ގާނޫނުގެ ތެރެއިން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހެއެވެ. ބައެއްގެ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން ގިނަ ބަޔަކު ދިރިއުޅުމަށް ކުރި މަސައްކަތް އަނދާހުލިވެފައިވާއިރު އެރައްޔިތުންނަށް އިންސާފު ލިބެންޖެހެއެވެ. މިއަލިފާނުގެ ހާދިސާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު ހަތަރު ކުދިންގެ ބައްޕަ މޫސާގެ އިތުރުން އެތައް އާއިލާއެއް ތިބީ ކަމާ ބެހޭ މުއައްސަސާތަކުން ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
13%
0%
75%
13%
0%
0%
ކޮމެންޓް
2 އޮކްޓޯބަރ 2019 | ބުދަ 17:08
*
މޫސަގެ ތުހުމަތުތައް ތެދުނޫންނަމަވެސް މިމައްސަލައަށް އަވަސް ފިޔަވަޅެއް އަޅަންޖެހޭ. އާއްމުން އެއްވެއުޅޭ ތަންތާނގަ ސިގެރެޓް ބުއިން މަނާކޮށްފަ އޮންނައިރު އެޔާޚިލާފުވާ އެންމެނަށްވެސް ހަމަޖެހިފަ އޮންނަ އުސޫލުން ފިޔަވަޅު އެޅެންޖެހޭނެ. ސިގެރެޓް އެއީ ރާއްޖެ އެތެރެކޮށްގެންވެސް ނުވާވަރުއެއްޗެއްއަސްލު. އެއީ އެއްމެނަށް ގެއްލުން ދޭއެއްޗެއް އެއީ އެއެބޯމީހަކަސް ނުނުބޯމީހަކަސްއެގެއްލުންދޭ.
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި