ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 20:12
އެލިސަން ފެލިކްސް
އެލިސަން ފެލިކްސް
ގެޓީ އިމޭޖަސް
އެލިސަން
ވިހެއުމަށްފަހު ބައިވެރިވި ފުރަތަމަ ދުވުމުން ބޮލްޓްގެ ރެކޯޑް އެލިސަން މުގުރައިލައިފި
 
މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި 12 ވަނަ ރަން މެޑަލް

ގަތަރުގެ ދޯހާގައި މިހާރު ކުރިޔަށްދާ އެތްލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕްގައި 4 ގުނަ 400 މީޓަރު ދުވުން ކާމިޔާބުކޮށް ހޯދި ރަން މެޑައްޔާއެކުގައެވެ.

މި ރެކޯޑް އެލިސަން މުގުރައިލިއިރު އޭނާ ވެގެން ގޮސްފައިވަނީ މި މުބާރާތުގެ ތާރީހުގައި އެންމެ ގިނަ މެޑަލް ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާއަށެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް މި މުބާރާތުގައި 12 ރަން މެޑަލް ކާމިޔާބުކޮށްފައެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށް ކުރިން ބެލެވުނު އުސެއިން ބޮލްޓަށް މި މުބާރާތުގައި ހޯދިފައިވަނީ 11 ރަން މެޑައްޔެވެ.

މި މުބާރާތުގައި އެލިސަން ހޯދި 12 ވަނަ ރަން މެޑަލް ކާމިޔާބުކުރުމަށްފަހު އެލިސަން ބުނީ މިއީ އޭނާ އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި މި މެޑައްޔަކީ މިހާތަނަށް އޭނާ ކާމިޔާބުކުރި މެޑަލްތަކަށް ވުރެ އެތައްގޮތަކުން އޭނާ އަށް މުހިންމު މެޑައްޔެއް ކަމަށެވެ.

މީގެ އިތުރުން އެލިސަން ބުނީ މި މުބާރާތައް އޭނާ ނިކުތީ މެޑައްޔަށް ޓާގެޓް ކޮށްގެން ނޫން ކަމަށާއި ނަމަވެސް މުބާރާތުގެ ފައިނަލް ރައުންޑަށް ދިޔުމުން ރަން މެޑަލް އަށް ޓާގެޓް ކުރި ކަމަށެވެ.

އެލިސަން ބުނީ މިއީ މަންމައިންނަށް ހާއްސަކޮށްލާ މެޑަލް އެއް ކަމަށާއި ވިހެއުމަށްފަހު ވެސް ހަރަކާތްތެރިވެ ހެލިފެލިވެ އުޅެންޖެހޭ ކަމަށާއި ދަރިން ލިބުމަކީ ކުރާ ކަމެއް ހުއްޓާލުމަށް ދައްކަންޖެހޭ ބަހަނާއެއް ނޫން ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
17%
0%
0%
0%
33%
ކޮމެންޓް