އަންގާރަ 22 އޮކްޓޯބަރ 2019
05 ހެއި
1441 ސަފަރު 23
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
މަޣްރިބް 17:53
އިޝާ 19:05
ދުނިޔެ - ހަޝޯގީ

އަހަރެން ހަޝޯގީ ފޮތިފޮތި ކޮށްލީ ލަވައަޑުއަހަމުން: ހަޝޯގީގެ ގާތިލުންގެ ރިކޯޑިން

  • އެކަމުގެ ޒިންމާ ނަންގަވާ ކަމަށް ވަލީ އަހުދު ވިދާޅުވި
  • މުހާތަބު ކޮށްފައިވަނީ ''ގުރުބާން ކުރާ ޖަނަވާރު''ގެ ގޮތުގައި
  • 45 މިނިޓްގެ އޯޑިއޯ އެއް އދ. އަށް ވަނީ ލިބިފައި

އަލީ ސަމާޚް
AliSamah8

ކ. މާލެ 1 އޮކްޓޯބަރ 2019 | އަންގާރަ 19:57 92,548

ަޖަމާލް ހަޝޯގީ - އަލްޖަޒީރާ

ސައުދީގެ ނޫސްވެރިޔާ ޖަމާލް ހަޝޯގީ މަރާލިކަމަށް ޝައްކު ކުރެވޭ ސައުދީގެ މީހުން އޭނާ އިސްތަންބޫލް ކޮންސިއުލޭޓަށް ދިޔުމުގެ ކުރިން ހަޝޯގީ އަށް މަލާމަތް ކޮށް އޭނާ ފޮތިފޮތި ކޮށްލާނެކަން ބުނެފައިވާ ކަމަށް އެ މައްސަލަ ތަހުގީގު ކުރާ އދ.ގެ އިންވެސްޓިގޭޓަރުންނަށް ލިބިފައިވާ ސިއްރު އޯޑިއެއްގައި ބުނެފިއެވެ.

ހަޝޯގީގެ މަރުގެ މައްސަލާގައި އދ. އަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިނގިރޭސިވިލާތުގެ ގާނޫނީ ވަކީލް ހެލޭނާ ކެނެޑީ ބުނީ، ތުރުކީގައި ހުންނަ ސައުދީ އެމްބަސީން އޭނާ އަޑުއެހި ރިކޯޑިިން ގައި ހަޝޯގީ މަރާލި މީހުން، އޭނާ އަށް މުހާތަބު ކޮށްފައިވަނީ ''ގުރުބާންކުރާ ޖަނަވާރެއް''ގެ ގޮތުގައި ކަމަށެވެ.

ކެނެޑީ ބުނީ، ހަޝޯގީ މަރަލި މީހުން އޭނާގެ ހަށިގަނޑު ފޮތިފޮތި ކުރަމުން '' އާއްމުކޮށް އަހަރެން މީހުން ފޮތިފޮތި ކުރަނީ މިއުޒިކް އަޑުއަހަމުން ކަމަށާއި، ބައެއް ފަހަރު ކޮފީއެއް ނުވަތަ ސިނގިރޭޓް ބޮމުން" ކަމަށް އޯޑިއޯގައި ބުނެފައިވާ ކަމަށެވެ.

އަދި ހަޝޯގީ ކޮންސިއުލޭޓަށް ވަންނަ ގަޑިއަކަށް އިންތިޒާރުކޮށްގެން ތިބެ އެމީހުން އިރުއިރުކޮޅާ '' ގުރުބާން ކުރާ ޖަނަވާރު އައިސްފިތަ؟'' އެހެން ކިޔަމުން ހޭ އަޑު އޯޑިއެން އަޑު އިވިފައިވާ ކަމަށެވެ. ތުރުކީން ވަނީ އެ މައްސަލަ ތަހުގީގު ކުރުމުގެ ބޭނުމަށް 45 މިނިޓުގެ މި އޯޑިއޯ އދ. އަށް ދިފައެވެ.

ހަޝޯގީ މަރާލާފައިވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އެވެ. އެ ޖަރީމާގައި ވަލީއަހުދު މުހައްމަދުގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އެހެން ނަމަވެސް މަރުގެ ޒިންމާ ނަންގަވާ ކަމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ވިދާޅުވެފައެވެ. ވަލީއަހުދު ވިދާޅުވެފައިވަނީ އޭނާ އެކަމުގެ ޒިންމާ ނަންގަވަން ޖެހޭ ކަމަށް ގަބޫލުކުރައްވަނީ ހަޝޯގީ މަރާލީ އޭނާ އެ ގައުމުގެ ކަންތައްތައް ބަލަހައްޓަވަމުން ދަނިކޮށް ކަމަށްވާތީ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް