ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 19:09
އާސެނަލް އަދި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
އާސެނަލް އަދި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު: އާސެނަލުން ޔުނައިޓެޑު މޮޅުވިޔަ ނުދީ ހިފަހައްޓައިފި
 
މި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާ އަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މެންޗެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާ އަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ކާޑު ތަކެއް ފެނިގެންދިޔައެވެ. ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އާސެނަލް ކުޅުންތެރިންނަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މި މެޗުގައި އާސެނަލްގެ ސަޙާ އަށް ވަނީ ހުސް ދެ ފުރުސަތުލިބި ބޭކާރުވެފައެވެ. މި ހާފުގައި މެންޗެސްޓާ ޔުނައިޓެޑަށް ލިބުނު އެންމެ ހުސް ފުރުސަތު ރަޝްފާޑަށް ލިބިގެންދިޔައިރު އޭނާ ހުސްކޮށްހުރެ ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރުވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްކޮޓް ލޭންޑްގެ ޒުވާން މިޑްފިލްޑަރ ސްކޮޓް މޮކްޓޮމިއޭންއެވެ. އޭނާ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލުން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ވަނީ ޔުނައިޓެޑުގެ ގޯލަށް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި އާސެނަލުގެ އޮބަމަޔާން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި ނަތީޖާ އާއި އެކު އާސެނަލުން އޮތީ ލިބުނު 12 ޕޮއިންޓާއެކު ލީގު ތާވަލުގެ 4 ވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި ލިވަރޕޫލް އޮތީ ލިބުނު 21 ޕޮއިންޓާއެކުއެވެ. އަދި މެންޗެސްޓާ ޔުނައިޓެޑް އޮތީ 9 ޕޮއިންޓާއެކު ލީގު ތާވަލުގެ 10 ވަނައިގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް