ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 20:30
ވޯރލްޑް ރެކޯޑްގެ ސެޓްފިކެޓް ހަވާލުކުރުން
ވޯރލްޑް ރެކޯޑްގެ ސެޓްފިކެޓް ހަވާލުކުރުން
ރައީސް އޮފީސް
ވޯރލްޑް ރެކޯޑް
ރާއްޖޭން ޑައިވިންގެ ދުނިޔޭގެ ރެކޯޑު މުގުރާލުން : ދިވެހިންނަށް ތާރީޚީ ދުވަހެއް
 
ހަރަކާތުގައި ރައީސް ސޯލިހުވެސް ބައިވެރިވެ ވަޑައިގެންނެވި

ދިވެހި ތާރީހުގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއްދުވަހަށް ހަމަ ގައިމުވެސް ވެގެންދިޔައީ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަސް ކަން ޔަގީނެވެ.

އެއްވަގުތެއްގައި އެންމެ ގިނަ ބަޔަކު އެއް ސަރަހަށްދަކަށް ޖަމާވެ، ފްރީޑައިވް ކޮށް މި ކުޑަ ކުޑަ ދިވެހިރާއްޖޭގެ ނަން ތާރީހުގައި ފަވާލެވިގެން ދިޔަ ދުވަހަކީ މި އަންގާރަދުވަހުއެވެ. ގިނިސް ވޯރލްޑް ރިކޯޑްސްގެ ފޮތުގައި ލިޔެވިގެންދިޔުމަކީ ކޮންމެ ދިވެއްސަކުވެސް " މަށަކީ ދިވެއްސެކޭ" ފަޚުރުވެރިކަމާއެކު ބުނެ ފާހަގަ ކުރާނެ އެއް ދުވަހެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން ހިންގި އެންމެ ބޮޑު އެއް ހަރަކާތަކީ އޮކްޓޯބަރު 1 ވީ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ފްރީ ޑައިވް ކުރުމުގެ ހަރަކާތެވެ. ރާއްޖެ އިން އެންމެ ގިނަ ޑައިވަރުން އެއް ފަހަރާ ފްރީޑައިވް ކުރުމުގެ ރެކޯޑް ހެދީ 521 ޑައިވަރުންނާ އެކު ޑައިވްކޮށްގެންނެވެ. އިޓަލީން މި ރެކޯޑް 2009 ވަނަ އަހަރު ހަދާފައި ވަނީ 280 މީހުންނާ އެކު އެވެ. މި ރެކޯޑް މުގުރާލުމަށް ޑައިވަރުން 30 ސިކުންތު ވަންދެން މޫދު އަޑީގައި ތިބެން ޖެހެ އެވެ. ރެކޯޑު މުގުރާލުމަށް ބޭއްވި މިހަރަކާތުގައި ދިވެހި ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ހަމަ އާއްމު ރައްޔިތުންނެކޭ އެއްފަދައިން ޑައިވްކުރެއްވިއެވެ. ރައީސް ސޯލިހާއިއެކު ސަރުކާރުގެ އިސްވެރިންވެސް މިޙަރަކާތުގައި ބައިވެރިވަޑައިގެންނެވިއެވެ.

ދުނިޔޭގެ ފަލަ ސުރުހީތަކުގައި ރާއްޖޭގެ ނަން ފަވާލެވުނިއިރު މި ރެކޯޑުވެގެންދާނީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ކުޑަ ކުޑަ ރާއްޖެ އަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކަށެވެ. ވޯރލްޑް ރެކޯޑް ގާއިމު ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ފަރާތްތައް މި ހަރަކާތުގައި ބައިވެރިވުމުން ވެގެންދިޔައީ ދިވެހިިންނަށް ގެނުވި އިތުރު އުފަލަކަށެވެ. އެގޮތުން ދުނިޔޭގެ ފްރީ ޑައިވް ވޯރލްޑް ރެކޯޑު ދެފަހަރެއްގެ މަތިން ކާމިޔާބު ކުރި ވިލިއަމް ޓްރޫބްރިޖް ގެ އިތުރުން ފީނުމުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ފަރާތްތަކުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

ރެކޯޑެއް މުގުރާލެވުނު ނަމަވެސް މި ހަރަކާތުންވެސް އެނގިގެންދިޔައީ ދިވެހިންގެ އެއްބައިވަންތަކަމެވެ. ދިވެހިންގެ އެކުވެރިކަމާއި އަޚުވަންތަކަމެވެ. ހަރަކާތުގައި ދައްކުވައިދިނީ ވަކި ފަންތިއެއް ގިންތިއެއް ނެތި އާއްމު ރައްޔިތުންނާއި އެކުއެކީގައި ބައިވެރިވި މަންޒަރެވެ. ކާމިޔާބީ ފާހަގަ ކުރުމަށްޓަކައި މޫދުގައި ތިބެގެންވެސް އަޑުން އަޑު ނަގާ ލަވައިގައި ބައިވެރިވެ އުފާ ފާޅު ކުރަމުން ގެންދިޔައީ ހަގީގީ ދިވެހިންގެ ގޮތުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
83%
0%
8%
0%
8%
ކޮމެންޓް