ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 17:52
މުހައްމަދު މޫސާ
މުހައްމަދު މޫސާ
ސޯޝަލް މީޑިއާ
އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒިކްސް
އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒިކްސް މުބާރާތުގެ ލޯ މެޑަލް ރާއްޖޭގެ އެތްލީޓަށް
 
މި މުބާރާތުގައި އަލަށް ރާއްޖެގެ އެތްލީޓުން ވާދަކޮށްފައިވަނީ ބިދޭސީ ކޯޗަކާއި އެކުގަ

އިންޑޮނޭޝިޔާގައި ކުރިޔަށްދާ 53 ވަނަ އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒީކް މުބާރާތުގެ ސީނިއާ މެންސް ބޮޑީ ބިލްޑިންގ 55 ކިލޯގެ ބައިން ލޯ މެޑަލް ރާއްޖޭގެ މުހައްމަދު މޫސާ ހޯދައިފިއެވެ.

އޭޝިއާގައި ބޭއްވާ އެންމެ ބޮޑު ބޮޑީ ބިލްޑިންގ މުބާރާތުގައި ރާއްޖެއިން ވަނީ ތިން މެޑަލް ހޯދައިފައެވެ. އެއީ 2017 ވަނަ އަހަރުގައި 55 ކިލޯގެ ކެޓަގަރީ އިން ޝާހީން އިބްރާހީމް ދީދީ ހޯދި ރަން މެޑައްޔާއި ނިމިދިޔަ އަހަރު 165 ސެންޓިމީޓަރުގެ އެތްލެޓިކް ފިޒީކް ބައިން ލޯ މެޑަލް ހޯދި މަހްމޫދް ޒިޔާދުގެ އިތުރުން މި އަހަރު ލޯ މެޑަލް ހޯދި މުހައްމަދު މޫސާއެވެ.

މި މުބާރާތުގައި އަލަށް ރާއްޖެގެ އެތްލީޓުން ވާދަކޮށްފައިވަނީ ބިދޭސީ ކޯޗަކާއި އެކުގައެވެ. މުބާރާތުގައި ރާއްޖެއިން ވާދަ ކުރަނީ ފަސް ކެޓަގަރީ އަކުންނެވެ. އޭގެ ތެރެއިން މިހާތަނަށް ވާދަ ކޮށްފައިވާ ސީނިއާ މެންސް 55 ކިލޯގެ ބައިން މުހައްމަދު މޫސާ ލޯ މެޑަލް ހޯދިއިރު ބާކީ އޮތް ހަތަރު ކެޓަގަރީ ކުރިޔަށްދާނީ އަންގާރަ ދުވަހުގެ ރެޔެވެ.

53 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އިންޑޮނޭޝިއާގެ ބަތާމްގައި ފަށާފައިވާއިރު، 2020 ވަނަ އަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އެގޮތުން އަންނަ އަހަރުގެ މުބާރާތް ބާއްވާނީ ކ. މާފުށީގައި ކަމަށާއި، މުބާރާތް ކުރިއަށްދާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު 5 އިން 11 އަށް ކަމަށް މިއަދުގެ އިލެކްޓޯރިއަލް ކޮންގްރެސްގައި ރާއްޖޭގެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް ސާޖިން ހަބީބު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
100%
0%
ކޮމެންޓް