ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 17:20
ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ތެރެއިން
ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ތެރެއިން
ސޯޝަލް މީޑިއާ
ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް
ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ކޭވައިއާރުސީ އިން ޗެމްޕިއަންކަން ހޯދައިފި
 
ކޭވައިއާރުސީ އިން ފައިނަލުގައި ޒެނިތު ބަލިކޮށްފައިވަނީ 55-34 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެން

ނެޓްބޯޅަ އެސޯސިއޭޝަނުން ބާއްވާ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ކޭވައިއާރުސީ އިން ތަށި ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރި ކޭވައިއާރުސީ އިން ފައިނަލުގައި ޒެނިތު ބަލިކޮށްފައިވަނީ 55-34 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެނެވެ.

ސޯޝަލް ސެންޓަރުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު ފައިނަލުގައި ޒެނިތާއި ދެކޮޅަށް ކޭވައިއާރުސީ އިން ވަނީ މޮޅު ކުޅުމެއްދައްކައިފައެވެ. މިއީ ޒެނިތުން މި މުބާރާތުގައި ބަލިވި ހަމައެކަނި މެޗެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެންދިޔައީ ކޭވައިއާރުސީގެ ރާޝިދާ މޫސާއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެންދިޔައީ ވެސް އޭނާއެވެ.

ސެޕްޓެމްބަރު މަހުގެ 18 އިން 30 ގެ ނިޔަލަށް ކުރިޔަށްދިޔަ މި މުބާރާތުގައި 7 ޓީމަކުން ވާދަކުރިއިރު އެޓީމު ތަކަކީ ސްކައިލާކް، ޔުނައިޓެޑް ޔުނިޓީ، ޒެނިތު، ޔޫތް ޔުނައިޓެޑް، ކޭވައިއާރުސީ، މެޓްރިކްސް އަދި ޝައިނިންގް ސްޓާއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް