ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 17:07
އަކްރަމް އަލް-އިސްސާވީ
އަކްރަމް އަލް-އިސްސާވީ
ޓްވިޓަރ
ޝާހުރުކްހާން
އުރުދުންގައި، ދެވަނަ ޝާހު
 
އިސްސާވީ އަކީ ފޮޓޯގްރާފަރެއް

މީގެ ހަފްތާއެއް ކުރިން ކެޓްރީނާ ކައިފް ވައްތަރު ޖަހާ މީހަކުގެ ފޮޓޯއެއް ޝޯޝަލް މީޑިއާ ގައި އާއްމު ވެފައިވަނިކޮށް އަނެއްކާ މިވަނީ އިތުރު ފަންނާނަކާއި ވައްތަރު ޖަހާ މީހަކު ފެނިފައެވެ. މަޝްހޫރު އެކްޓަރު ޝާހްރުކްހާންއާ ވައްތަރު މީހެއްގެ ފޮޓޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.

އުރުދުންގެ ފޮޓޯގްރާފަރެއް ކަމުގައިވާ އަކްރަމް އަލް-އިސްސާވީ ޝޯޝަލް މީޑިއާގައި ޝެއަކުރި ފޮޓޯއަަކަށް ވަނީ އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައެވެ. އޭނާ އަޕްލޯޑް ކޮށްފައިވާ ފޮޓޯއަކުން ފެންނަނީ، ޝާހު ގޮތަށް ހުއްޓިލައިގެން އޭނާ ހުންނަ ތަނެވެ. އޭނާއާ ޝާހުއާ ވަައްތަރު ކަމުން ގިނަ ބަޔަކު ތިބީ ހައިރާންވެފައެވެ.

މިހާރު އޭނާގެ ފޭނުން އިންތިޒާރު ކޮށްގެން ތިބީ، ޝާހު ކަހަލަ ކާމިޔާބު ފަންނާނަކަށް އިއްސާވީ ވެގެން ދިޔުމެވެ.

ފިލްމު ޒީރޯ އަށް ފިލްމީ ދާއިރާއިން ދުވަސްކޮޅެއްގެ ބްރޭޭކެއް ޝާހު ވަނީ ނަގާފައެވެ. އެހެން ނަމަވެސް އޭނާ ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް އަންހެނުން ގޯރީހާން ވަނީ ބުނެފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހޮލީވުޑް ފިލްމު '' ކިލްބިލް''ގެ ރިމޭކް ހެދުމުގެ މަސައްކަތް ޝާހު ދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
73%
8%
2%
6%
3%
9%
ކޮމެންޓް