ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 08:45
ކައިވެނިން ބޭރުން ޖިންސީގުޅުން ހިންގި ކަމަށާއި ދަރިފުޅު ވައްޓާލުމުގެ ތުހުމަތުގައި ހުކުމް ކުރި ނޫސްވެރިޔާ، ހާޖަރު ރައުސޫނީ
ކައިވެނިން ބޭރުން ޖިންސީގުޅުން ހިންގި ކަމަށާއި ދަރިފުޅު ވައްޓާލުމުގެ ތުހުމަތުގައި ހުކުމް ކުރި ނޫސްވެރިޔާ، ހާޖަރު ރައުސޫނީ
ގޫގުލް
މޮރޮކޯ
މޮރޮކޯގެ ނޫސްވެރިއެއް ބަނޑުގައި އޮތް ދަރިފުޅު ވައްޓާލުމުން 1 އަހަރަށް ޖަލަށް
 
ހާޖަރު ހައްޔަރު ކޮށްފައި ވަނީ އޮގަސްޓް 31 ގައި
 
ހާޖަރިގެ ޑޮކްޓަރަށް ވަނީ ދެ އަހަރުގެ ޖަލު ހުކުމެއް ކޮށްފަ
 
ހާޖަރުގެ ލޯބިވެރިޔާ އަށް ވަނީ އެއް އަހަރުގެ ޖަލު ހުކުމެއް ކޮށްފަ

މޮރޮކޯގެ ނޫސްވެރިއެއް ކަމަށްވާ ހާޖަރު ރައުސީނީއަށް، ކައިވެނިން ބޭރުގައި ޖިންސީ ގުޅުން ހިންގުމާއި ބަނޑުގައި އޮތް ދަރިފުޅު ވައްޓާލި ކަމުގެ ތުހުމަތުގައި އެއް އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

ހޯމަ ދުވަހު، މޮރޮކޯގެ ވެރިރަށް ރަބާތް ގެ ކޯޓެއްގައި ކުރިއަށް ގެންދިޔަ އަޑު އެހުމަށްފަހު، ހާޖަރުގެ އިތުރުން އޭނާގެ ލޯބިވެރިޔާ އަށް ވަނީ އެއް އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. މީގެ އިތުރުން ހާޖަރުގެ ޑޮކްޓަރަށް ދެ އަހަރުގެ ޖަލު ހުކުމަކާއި، އިންޖެކްޝަން ޖަހައިދިން ޑޮކްޓަރަށް އެއް އަހަރުގެ ސަސްޕެންޝަނަކާއި ހެލްތް އެސިސްޓެންޓަކަށް އަށް މަހުގެ ސަސްޕެންޝަނުގެ ހުުކުމް ވަނީ ކޮށްފައެވެ.

އެހެންނަމަވެސް ހާޖަރު ގެ ވަކީލު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެއް ވެސް އަސްލެއް އޮތް ވާހަކައެއް ނޫންކަމަށާއި އޭނާ ކްލިނަކަށް ދިޔައީ އިންޓަރނަލް ބްލީޑިންގ އަށް ފަރުވާ ހޯދަން ކަމުގައެވެ. ހާޖަރު ހައްޔަރު ކޮށްފައި ވަނީ އޮގަސްޓް 31 ގައެވެ.

ހާޖަރަށް ހުކުމް ކޮށްފައި ވަނީ މޮރޮކޯގެ ގާނޫނު އަސާސީގެ 490 ވަނަ މާއްދާގެ ދަށުންނެވެ. މި ގާނޫނުގެ ދަށުން، ކައިންވެނިން ބޭރުގައި ޖިންސީގުޅުން ހިންގުން މަނާކުރެރެއެވެ. އަދި މައިމީހާގެ ފުރާނައަށް ގެއްލުން ނުވާ ހާލު، ބަނޑުގައިވާ ދަރިފުޅު ވައްޓާލުމަކީ ވެސް މޮރޮކޯގެ ގާނޫނު މަނާ ކުރާ ކަމެކެވެ.

ހުކުމް ކުރެވުނު އަންހެނުންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުގެ ލޯޔަރުން ވަނީ އޭނާގެ ދިފާއުގައި އަދިވެސް ވާހަކަ ދައްކާނެކަމަށް ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
43%
43%
0%
14%
0%
0%
ކޮމެންޓް