ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 08:44
ބޯޑަރު ހުޅުވާފައި މިވަނީ ހަތް އަހަރު ފަހުން
ބޯޑަރު ހުޅުވާފައި މިވަނީ ހަތް އަހަރު ފަހުން
އެރަބް ނިއުސް
އިރާގު-ސީރިއާ
އިރާގާއި ސީރިއާ އާއި ދެމެދު އޮންނަ ބޯޑަރު ހުޅުވައިފި
 
ބޯޑަރު ހުޅުވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން ވަރުގަދަ ވެގެން ދާނެ
 
ބޯޑަރު ހުޅުވުމުގެ ގޮތުން ސީރިއާގެ އިންޓީރިއާ މިނިސްޓަރ ވަނީ ބޯޑަރު ހުރަސްކޮށް އިރާގަށް ގޮސްފަ
 
ބޯޑަރު ހުޅުވާފައި ވަނީ ހޯމަ ދުވަހު

އިރާގާއި ސީރިއާ އާއި ދެމެދު އޮންނަ ބޯޑަރު ހުޅުވައިފިއެވެ.

ސީރިއާގެ ދާހިލީ ހަނގުރާމާ އާއި ދައޭޝް އާއި ދެކޮޅަށް ކުރި ހަނގުރާމައަށް ފަހު ބަންދު ކުރި މި ބޯޑަރު ހުޅުވާފައި ވަނީ ހަތް އަހަރު ފަހުންނެވެ.

ބޯޑަރު ހުޅުވުމުގެ ގޮތުން، ސީރިއާގެ އިންޓީރިއަރ މިނިސްޓަރ މުހައްމަދު ޚާލިދު ވަނީ ސީރިއާގެ ފައުޖަކާއި އެކު ބޯޑަރު ހުރަސްކޮށް އިރާގަށް ގޮސްފައެވެ.

އީރާގުގެ ގައިމް އާއި ސީރިއާގެ ބޫކަމަލް އާއި ދެމެދު އޮންނަ މި ބޯޑަރު ހޯމަ ދުވަހު ހުޅުވުމާއި ގުޅިގެން ދެ ގައުމުގެ ދެމެދުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަވެގެން ދާނެ ކަމަށް ލަފާކުރެވެއެވެ.

ބޯޑަރު ހުޅުވުމުގެ ސަބަބުން، މެދުއިރުމަތީގެ އަރަބި ގައުމުތަކުގައި އިރާނުގެ ނުފޫޒު އިތުރަށް ވަރުގަދަ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، އިރާނުގެ ތާއީދު އޮންނަ އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ސީރީއާއަށް ވަނުމަށް ފަސޭހަވެގެން ދާނެކަމަށް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
14%
57%
0%
0%
14%
14%
ކޮމެންޓް