ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ޑިސްނީލޭންޑް ޕެރިސް

ޑިޒްނީލޭންޑް ގައި ބޮލީވުޑް ތީމްގެ ކައިވެންޏެއް ކޮށްފި

  • 350 މެހެމާނުން ވަނީ ހާޒިރުވެފައި

ކ. މާލެ | 1 އޮކްޓޯބަރ 2019 | އަންގާރަ 10:34 | 4,999

ވަރުން އާއި އަނީޝާ - ސްކްރޯލް.އިން

ފްރާންސްގެ ޑިޒްނީލޭންޑް ޕެރިސްގައި ފުރަތަމަ ފަހަރަށް ބޮލީވުޑް ތީމްގެ ކައިވެންޏެއް ކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ވަރުން ބަނޮތް އާއި އަނީޝާ ސެތް ކައިވެނި ކޮށްފައިވަނީ، ޑިސްނީ ލޭންޑްގެ ސްލީޕިން ބިއުޓީ ކާސަލްގައެވެ. އޭގެ ފަހުން އެ ދެމަފިރިން ވަނީ ހިންދޫ ސަގާފީ ކައިވެންޏެއް ޕާކް ލޭކްގައި ކޮށްފައެވެ. ކައިވެންޏަށް ފަހު އެ ދެމީހުން ވަނީ ހިންދީ ލަވަޔަށް ޑާންސްކޮށްފައެވެ.

350 މީހުން ހާޒިރުވި އެ ހަފްލާގައި، ކައިވެނީގެ ހޯލް ތައްޔާރު ކޮށްފައިވަނީ އަލާއްދީން ކާޓޫންގެ ތީމަށެވެ. މެހެމާނުންނަށް ބުފޭގައި ކާން ހަދާފައި ހުރީ މެދުއިރުމަތީގެ އިތުރުން އިންޑިއާގެ ކާއެއްޗެހިއެވެ.

ލަންޑަނުގައި ޗެރިޓީ އެއް ހިންގަމުންދާ އެ ދެމަފިރިން ކައިވެންޏަށް ތައްޔާރުވަމުން އަންނަތާ އެއް އަހަރު ދުވަސްވެއްޖެއެވެ. ފަސް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ރައްޓެހިވެގެން އުޅުނު ބަނޮތް އާއި އައިޝާ ވަނީ އެ ކައިވެންޏަށް ބޮޑު އަދަދަކުން ހޭދަ ކޮށްފައެވެ.

ޑިސްނީލޭންޑް ގައި އާއްމުކޮށް ކައިވެނި ކުރާ ޕެކޭޖް ވިއްކާ އުޅެނީ، 32 ހާހާއި 48 ހާސް ޔޫރޯ ދެމެދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.