ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 19:50
ސްޓޭޓް މިނިސްޓަރ އަހްމަދު އާދިލް އާކްސް ލައިފް ރާފްޓް ސާވިސް ސެންޓަރ ހުޅުވުން
ސްޓޭޓް މިނިސްޓަރ އަހްމަދު އާދިލް އާކްސް ލައިފް ރާފްޓް ސާވިސް ސެންޓަރ ހުޅުވުން
ރާއްޖެ އޮންލައިން
އާކްސް މެރިން ސާވިސް
އާކްސް މެރިން ސާވިސް ކުންފުނީގެ ސާވިސް ސެންޓަރ ވިލިމާލޭގައި ހުޅުވައިފި
 
އާކްސް ކުންފުންޏަކީ 24 އަހަރުގެ ތަޖުރިބާކާރު ކުންފުންޏެއް

އާކްސް މެރިން ސާވިސް ކުންފުނީގެ ލައިފް ރާފްޓް ސާވިސް ސެންޓަރ ވިލިމާލޭގައި ހުޅުވައިފިއެވެ.

ސާވިސް ސެންޓަރ ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު އާދިލެވެ. އާކްސް ސާވިސް ސެންޓަރގައި އޮތް ހަފްލާގައި ވާހަކަފުޅު ދައްކަވަމިން ސްޓޭޓް މިނިސްޓަރ އާދިލް ވިދާޅުވީ ރާއްޖެއަކީ 99 އިންސައްތަ ކަނޑު އެކުލެވިފައިވާ ގައުމަކަށް ވެފައި ރާއްޖޭގެ ރައްޔިތުންނަށް ކަނޑު ބޭނުން ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން އާދިލް ވިދާޅުވީ ކަނޑު މަތީގެ ސަލާމަތާއި ރައްކާތެރި ކަމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށާއި އެހެން ކަމުން ލައިފް ރާފްޓް ފަދަ ތަކެއްޗަކީ ބޭނުން ކުރަން ޖެހޭ ތަކެތި ކަމަށެވެ. އާދިލް ވަނީ ލައިފް ރާފްޓް ކުންފުނި ވުޖޫދައް ގެނައި ތިން ބޭފުޅުންނަށް ޝުކުރުއަދާ ކޮށްފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އާކްސް މެރިން ސާވިސް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ މިއަދު ހުޅުވުނު ލައިފް ރާފްޓް ސާވިސް ސެންޓަރަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށާއި އެގޮތުން މިވަގުތު ލައިފް ރާފްޓް ސާވިސް ކުރާ ހަމައެކަނި ތަނަކީ އާކްސް ލައިފް ރާފްޓް ސާވިސް ސެންޓަރު ކަމަށެވެ. އެގޮތުން އެ ކުފުންޏަކީ އައިއެސްއޯ ސްޓޭންޑަރޑް ގަބޫލްކުރާ ކުންޏެއްކަމަށެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ މުސްތަގުބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި އެ ކުންފުނީގެ ސާވިސް ސެންޓަރުތައް ހުޅުވުމަށް ވިސްނައިފައިވާ ކަމަށާއި އެހެން ކަމުން ދެކުނާއި އުތުރުގައި މި ކަން އެންމެ ބޭނުންވާ ސަރަހައްދުތަށް ބަލަމުން އަންނަ ކަމަށެވެ.

އާކްސް ކުންފުންޔަކީ ގާތް ގަނޑަކަށް 24 އަހަރުގެ ތަޖުރިބާކާރު ކުންފުންޏެކެވެ. އެގޮތުން މި ކުންފުންޏަށް ވަނީ 2010 ވަނަ އަހަރު މެރިން ސާވިސް ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ހާސިލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ