ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ވިޖޫ ކޯޓޭ

ވިޖޫ ކޯޓޭ މަރުވެއްޖެ

  • މަރުވެފައިވަނީ ހޯމަ ދުވަހު

ކ. މާލެ | 1 އޮކްޓޯބަރ 2019 | އަންގާރަ 10:34 | 1,403

ވިޖޫ ކޯޓޭ - އިންޑިޔާ ޓުޑޭ

ޝޯލޭގައި ކާލިއަ އަދި އަންދާޒް އަޕްނާ އަޕްނާގެ ރޮބެޓްގެ ރޯލުން ގިނަ ބައެއްގެ މަގުބޫލްކަން ހޯދި ވިޖޫ ކޯޓޭ މަރުވެއްޖެއެވެ.

ވިޖޫ މަރުވެފައިވަނީ އުމުރުން 77 އަހަރުގައި ހޯމަ ދުވަހު މުމްބާއިގައި ހުންނަ އޭނާގެ ގޭގައެވެ. ވިޖޫގެ އާއިލާގެ މީހަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އޭނާ މަރުވެފައިވާނީ ހެނދުނު 06:55 ހާއިރު ނިދީގެ ތެރޭގައި ގުނަވަންތަކެއް ފޭލް ވެގެންނެވެ. ވިޖޫ މަރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލި އެނދުގައި އުޅުމަށް ފަހުއެވެ.

ވިޖޫ ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި 440 އަށް ވުރެ ގިނަ ހިންދީ ފިލްމުގެ އިތުރުން މަރާތީ ފިލްމު ކުޅޭފައެވެ. އޭނާ އެންމެ ފުރަތަމަ ފިލްމެއް ކުޅެފައިވަނީ، ޔާ މަލަކް އެވެ. ވިޖޫ އެންމެ ފަހުން ކުޅެފައިވަނީ 2018 ވަނަ އަހަރު ނެރުނު ފިލްމު '' ޖާނޭ ކިޔުދޭ ޔާރޯ'' އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.