ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 17:13
މިލާން މެޗުގެ ތެރެއިން
މިލާން މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
އިޓާލިއަން ލީގު: ޖެހިޖެހިގެން ތިން މެޗުން ބަލިވެ އޭސީ މިލާނަށް ދަތިތަކަކާއި ކުރިމަތިލާން ޖެހިއްޖެ
 
މި މެޗުން އޭސީ މިލާން ބަލިވީ 3-1 ގެ ނަތީޖާ އަކުން

އިޓަލިއަން ލީގުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވެ އޭސީ މިލާނުން ދަތިތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

އޭސީ މިލާނުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ފްލޮރިންޓީނާ އަތުން އޭސީ މިލާން ބަލިވީ 3-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން އޭސީ މިލާނުން ރަނގަޅަށް ކުޅުނު ނަމަވެސް މެޗުގެ 13 ވަނަ މިނެޓުގައި ފްލޮރިންޓީނާ އިން ވަނީ ލަނޑު ޖަހައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން އެރިކް ޕުލްގާއެވެ.

ލަނޑަށްފަހު އޭސީ މިލާނުން ކުޅުން ރަނގަޅުކޮށް ފުލުފުލުގައި ފްލޮރިންޓީނާގެ ގޯލަށް ހަމަލާތައް އުފެއްދިއިރު ފްލޮރިންޓީނާގެ ކުޅުންތެރިންވަނީ ވަރަށް ރަނގަޅު ޑިފެންސެއް ކޮށްފައެވެ. އަދި މިލާން ކުޅުންތެރިން ފޮނުވާލިގިނަ ހަމަލާތަކެއް ފްލޮރިންޓީނާގެ ކީޕަރު ވަނީ ހުށިޔާރުކަމާއި އެކު ދިފާއު ކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ފްލޮރިންޓީނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ފަހު ހާފުގައި ފްލޮރިންޓީނާ އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެސީ މިލާނުގެ ހާފަށް ބާރު ބޮޑު ކޮށްފައެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ފްލޮރިންޓީނާގެ ގެޓީނިއޯ ކެސްޓްރޯވިލް ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާ

ކޮށްފައެވެ. އަދި މެޗުގެ 78 ވަނަ މިނެޓުގައި ފްރޭންކް ރިބެރީ ވަނީ އިތުރު ލަނޑެއް މިލާނަށް ކާމިޔާބުކޮށްދީ ލީޑު ފުޅާ ކޮށްދީފައެވެ.

މިލާނުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި މިލާނަށް ކާމިޔާބުކޮށްދިނީ ރަފެއިލްއެވެ.

މި ނަތީޖާ އާއިއެކު ފްލޮރިންޓީނިއާއިން އޮތީ ލިބުނު 8 ޕޮއިންޓާއެކު ލީގު ތާވަލުގެ ނުވަވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ 18 ޕޮއިންޓާއެކު އިންޓަރ މިލާންއެވެ. އަދި މެޗުން ބަލިވި އޭސީ މިލާން އޮތީ ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ