ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 10:37
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓި (މީރާ)
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓި (މީރާ)
މުހައްމަދު ޝަރުހާން
އިންކަމް ޓެކްސް ބިލް
އިންކަމް ޓެކްސް ބިލް މި ހަފްތާގައި އޭޖީ އޮފީހަށް ހުށަހަޅަނީ
 
ރު ފަރުދުންގެ އާމްދަނީ ޓެކްސް ނެގުމުގެ ގާނޫނު މަޖިލީހުން ފާހެއް ނުކުރި
 
ޓެކްސް ނިޒާމު ތައާރަފުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި
 
ރާއްޖެއަށް އިންކަމް ޓެކްސް ތައާރަފްކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެއް

އިންކަމް ޓެކްސް ބިލް މި ހަފްތާގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިންކަމް ޓެކްސް ބިލް އޭޖީ އޮފީހަށް ހުށަހެޅުމުގެ ތައްޔާރީތައް މިހާރު ނިމި މި ހަފްތާގައި ހުށަހަޅާނެ ކަމަށެވެ.

ރާއްޖެއަށް އިންކަމް ޓެކްސް ތައާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވަން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ޓެކްސްގެ ނިޒާމް މިހާރަށް ވުރެން ފުރިހަމަ ކުރަން ޖެހޭ ކަމަށާއި އެއް ބަދަލަކީ، އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް، އިންކަމް ޓެކްސް ނެގުން ކަމަށެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި މަހެއްގެ މައްޗަށް 60،000ރ އާއި 100،000ރ ދެމެދުގެ އާމްދަނީއެއް ލިބޭ މީހެއްގެ އަތުން ޓެކްސްގެ ގޮތުގައި ނަގާނީ އާމްދަނީގެ 3.5 ޕަސެންޓެވެ. މަހެއްގެ މައްޗަށް 100،000ރ އާއި 150،000ރ އާދެމެދުގެ އާމްދަނީ ލިބޭ މީހެއްގެ އަތުން އާމްދަނީގެ 6.5 އިންސައްތަ ނެގުމަށް ނިންމާފައިވާއިރު 150،000ރ އާއި 200،000ރ އާދެމެދުގެ އާމްދަނީ ލިބޭ މީހެއްގެ އަތުން ނަގާނީ އާމްދަނީގެ 10 އިންސައްތައެވެ. އަދި 200،000ރ އަށްވުރެ މަތިން އާމްދަނީ ލިބޭ ކޮންމެ މީހެއްގެ އަތުން އާމްދަނީގެ 15 އިންސައްތަ ނެގުމަށް ވަނީ ނިންމާފައެވެ.

ޓެކްސް ނިޒާމު ތައާރަފުކުރީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އޭރު ފަރުދުންގެ އާމްދަނީ ޓެކްސް ނެގުމުގެ ގާނޫނު މަޖިލީހުން ފާހެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
50%
0%
ކޮމެންޓް
ގުޅުންހުރި