ބުދަ 25 ނޮވެންބަރު 2020
12 ނޮރަ
1442 ރަބީޢުލްއާޚިރު 09
ފަތިސް 04:38
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:17
އިރުއޮއްސޭ 17:52
އިޝާ 19:08
ސޯނަމް ކަޕޫރް

ކޮރެޔާ ފިލްމު ''ބްލައިންޑް'ގެ ހިންދީ ރީމޭކް ގައި ސޯނަމް

  • ފިލްމުގެ މަސައްކަތް ދަނީ ކުރިއަށް

ކ. މާލެ | 30 ސެޕްޓެންބަރ 2019 | ހޯމަ 10:09 | 2,506

ސޯނަމް ކަޕޫރް - ބޮލީވުޑް ހަންގާމާ

ދެހާސް އެގާރަ ވަނަ އަހަރު ނެރެފައިވާ ކޮރެޔާ ފިލްމު ''ބްލައިންޑް''ގެ ހިންދީ ރީމޭކް ހެދުމުގެ މަސައްކަތް ފަށައިފިއެެވެ.

ބޮލީވުޑް ރިޕޯޓްތައް ބުނާ ގޮތުން ސުޖޯއި ގޯޝްގެ ޕްރޮޑަކްޝަނުން އުފައްދާ އެ ފިލްމުގެ ލީޑް ރޯލް ކުޅެން ސޯންމަ އަށް ވަނީ ހުށައަޅާފައެވެ.

މަޝްހޫރު ވިއަކޮމްއިން ޕްރޮޑިއުސްކުރާ އެ ފިލްމު އެސޯސިއޭޓް ޑައިރެކްޓަރުގެ ގޮތުގައި ހަރަކާތްތެރިވާނީ، ބަދްލާ، ތީން އަދި ޒިންދާ ބާދްގައި މަސައްކަތް ކޮށްފައިވާ ޝޯމް މަޖްހިކާއެވެ. އެ ފިލްމާއި ބެހޭ ގޮތުން މައުލޫމާތު ދިން މީހަކު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ، މިހާރު ކުރަމުންދާ މަސައްކަތަކީ ފިލްމުގެ ހެދުމުގެ މަސައްކަތް ކަމަށާއި، ފިލްމު ރިލީޒް ކުރާނެ ތާރިހެއް ފަހުން އިއުލާން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މިއަހަރު މިހާތަނަށް ނެރެފައިވަނީ ސޯނަމްގެ ދެ ފިލްމެވެ. އެއީ ބައްޕަ އަނިކް ކަޕޫރްއާ އެކު ކުޅެފައިވާ ފިލްމު އޭކް ލަޅްކީކޯ ދޭކާ އޭސާ ލާގާ އާއި މަލަޔަޅަމް އެކްޓަރު ދުލްކުއެރް ސަލްމާން އާ އެކު ކުޅެފައިވާ ޒޯޔާ ފެކްޓަރ އެވެ. އެ ދެ ފިލްމަށްވެސް ބޮކްސް އޮފީހުގައި އެކަށީގެންވާ ވަރުގެ އާމްދަނީ އެއް ނުލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.